ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަލްގޭރިއާއަށް ފުރާވަޑައިގަންނަވައިފި އެވެ.
މިނިސްޓަރު ޝާހިދު ބަލްގޭރިއާ އަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ބަލްގޭރިއާ މި ކުރައްވާ ދަތުރުގައި އެގައުމުގެ މިނިސްޓަރު ސްވެޓްލާން ސްޓޯވް އާއި ބައްދަލު ކުރައްވައި ރާއްޖެއާއި ބަލްގޭރިއާއާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި، އިތުރަށް ދެ ގައުމު އެކުގައި ކުރިޔަށް ދެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން މި ދަތުރުގައި ބަލްގޭރިއާގެ ޓުއަރިޒަމް މިނިސްޓަރާއި އެ މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދަތުރުގައި އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުންވެސް މިނިސްޓަރު ޝާހިދު އިސްކަން ދެއްވާ ކަންކަމާ މެދު މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު