ބޮލީވުޑް ތަރި ނީނާ ގުޕްތާ ކިޔެވި ދުވަސްވަރު ކުއްޖަކަށް ހިތް ކިޔުނު ކަމަށާއި ނަމަވެސް އެއީ ޝަކްތީ ކަޕޫރުކަން އެނގުނީ މާފަހުން ކަމަށް އޭނާ ބުނެފިއެވެ.
އޭނާ މިވާހަކަތައް ހިއްސާކޮށްފައި ވަނީ އޭނާގެ އޮޓޯ ބަޔޮގުރަފީ ''ސަޗް ކަހޫން ތޯ'' ގައެވެ.
ނީނާ ގުޕްތާގެ ހަޔާތުގެ މައްޗަށް އެކުލަވާލައި ނެރުނު ފޮތުގައި އޭނާ ގިނަ ވާހަކަތަކެއް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން އޭނާ ދިއްލީ ޔުނިވަސިޓީގައި ކިޔެވިދުވަސްވަރުގެ ވާހަކަ ދައްކަމުން ކުއްޖަކާ އަޅައިގަނެގެން އުޅުނު ކަމަށް ވަނީ ބުނެފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި ކިޔަވަމުންދިޔައީ އަންހެން ކުދީންނަށް ހާއްސަ ކޮލެޖެއްގައެވެ. އެކޮލެޖުގައި އުޅޭ އަންހެން ކުދިން ބަލައި ރަށްޓެހިވެގެން އުޅޭ ފިރިހެން ކުދީން އަންނަ ކަމަށާއި އެގޮތަށް އަންނަ ދެކުއްޖަކު އަބަދުވެސް އޭނާއަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ދެ ކުދީންގެ ތެރެއިން އެއް ކުއްޖަކަށް އޭނާ ހިތް ކީ ކަމަށް ނީނާ ބުނެފައިވެ އެވެ.
އޭގެ އަހަރުތަކެއް ފަހުން އިންޑަސްޓްރީގައި އެކުގައި މަސައްކަތްކުރިއިރުވެސް އެ ކުއްޖާއަކީ ޝަކްތީ ކަޕޫރު ކަން ނޭނގޭ ކަމުގައި ނީނާ ބުނެފައިވެ. ''އެއް ފަހަރަކު ޝަކްތީއާ ދެކެވުނު ވާހަކައެއްގެ ތެރެއިން އެކޮލެޖު ދޮށަށް ރަށްޓެހިވެގެން އުޅޭ ކުއްޖާ ބަލައިދާކަމަށް އޭނާ ބުނި. އެހިސާބުން މި އެނގުނީ ޝަކްތީއާ ކަން އޭރު އަޅައިގަނެގެން މި އުޅެވުނީ.'' ނީނާ ބުނެފައިވެ އެވެ.
މިވާހަކަތައް ދެމީހުން ހިއްސާކޮށް އެކަމާ ހީ މަޖާކޮށް ހަދާފައިވާ ކަމުގައި ނީނާ ވަނީ ބުނެފައެވެ.
''ބަދާއީ ހޯ'' ގެ ބަތަލާ ނީނާ ގުޕްތާ 1980 ގެ އަހަރު ވެސްޓް އިންޑީސް ކްރިކެޓް ޓީމުގެ ކެޕްޓަން ވިވިއަން ރިޗާޑްސް އާ ލޯބީގެ ގޮތުން ގުޅިފައިވާއިރު އެ ދެމީހުންނަށް ކައިވެނީގެ ބޭރުން މަސާބާ ގުޕްތާ ވަނީ ލިބިފައެވެ. އޭރު ވިވިއަން އުޅެނީ އެހެން މީހަކާ ކައިވެނި ކޮށްގެންނެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ނީނާ ވަނީ ދިއްލީއަށް ނިސްބަތްވާ ޗާޓާޑް އެކައުންޓަންޓެއް ކަމަށްވާ ވިވެކް މިޝްރާ އާ ކައިވެނިކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން