ހަށިގަނޑަށް ގެނައި ބަދަލާ ގުޅޭ ގޮތުން އަރުޖުން ކަޕޫރު ވާހަކަ ދައްކައިފިއެވެ.
އަރުޖުން ކަޕޫރު ބުނެފައިވަނީ އޭނާއަކީ ކުޑައިރުން ފެށިގެންވެސް ހަށިގަނޑު ލުއިކުރުމަށް މަސައްކަތްކުރަން ޖެހިފައިވާ މީހެއް ކަމަށެވެ.
އެންމެފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވާ ''ސަން އޮފް ސަރުދާރު'' ''ސަންދީޕް އައުރު ޕިންކީ ފަރާރު'' ގައި ހުށަހަޅައިދީފައިވާ ރޯލުތަކަށް ގިނަބައެއްގެ ތައުރީފު ލިބެމުން އަންނަ އަރުޖުން ކަޕޫރު އެންމެ އަވަހަށް ފެންނާނީ ''ބޫތު ޕޮލިސް'' އިންނެވެ. މިދުވަސްވަރު އަވަދިނެތި ''އެކް ވިލަން 2'' ގެ ޝޫޓިންތަކުގައި އުޅެމުން އަންނައިރު އޭނާގެ ހަށިގަނޑަށް ގެނެސްފައިވާ ބޮޑު ބަދަލާއެކު ގިނަ ބައެއްގެ ލޯތައް ވަނީ އޭނާއަށް އަމާޒު ވެފައެވެ.
އަރުޖުން ކަޕޫރުގެ ހަށިގަނޑު ކުރިއަށްވުރެ ބޮޑަށް ހިއްކާލާފައިވާއިރު އޭނާ އަކީ ކުޑައިރުން ފެށިގެންވެސް ހަށިގަނޑު ލުއިކުރުމަށް މަސައްކަތްކުރަން ޖެހިފައިވާ މީހެއްކަމަށް އޭނާ ވަނީ ބުނެފައެވެ. ފަލަ ކުއްޖަކަށް އިންޓަނެޓަކީ ރަހުމުކުޑަ ތަނެއް ކަމަށާއި ހާއްސަކޮށް އެކްޓަރަކު ފަލަކޮށް ހުރުމުން ހުއްޓުމެއް ނެތި ފާޑުކިޔުންތައް ލިބެމުންދާކަން 36 އަހަރުގެ އެކްޓަރު ވަނީ ފާހަގަކޮށްފައެވެ. އަރުޖުން ކަޕޫރު ވަނީ އޭނާގެ ހުންނަ ސިއްހީ މައްސަލައެއްގެ ސަބަބުން އެހެން މީހުންނަށް ވުރެ ބޮޑަށް އޭނާއަށް ބަރުދަން ލުއިކުރުމުގައި އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. މަސްދުވަހުގެ ތެރޭގައި އާދައިގެ މީހަކަށް ހަށިގަނޑު ލުއިކޮށްލެވޭ މިންވަރު އޭނާއަށް ހާސިލު ކުރެވެނީ ދެމަސް ދުވަހުގެ މުއްދަތުން ކަމުގައި އޭނާ ބުނެއެވެ.
ހަށިގަނޑު މިހާރު ހުރި ވަރަށް ގެނައުމަށް އޭނާ ވަނީ ފާއިތުވި އެއް އަހަރު ދުވަހުގެތެރޭގައި ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި ކަމަށާއި، އޭނާގެ މަގުސަދަކީ މިއަށްވުރެ ބޮޑަށް ފިޓުވުން ކަމުގައި އަރްޖުން ވަނީ ބުނެފައެވެ. އަދި އެއްވެސް ކަމަކީ ނުވާނެ ކަމެއްގެ ގޮތުގައި އޭނާ ގަބޫލު ނުކުރާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
''ފާޑުކިޔުމަކީ އަހަރެމެންގެ މުޖުތަމައުގައި ވަރަށް ދެރަކޮށް ހިނގަމުން އަންނަކަމެއް. އުއްމީ ދުކުރަނީ މި ވިސްނުން މުޖުތަމައުގައި ބަދަލުވެގެންދާނެ ދުވަހަކަށް.'' އަރުޖުން ވަނީ ބުނެފައެވެ.
އަރްޖުން އިތުރަށް ބުނެފައިވާ ގޮތުގައި، މަސައްކަތުގެ ޕްރެޝަރާއި ހަށިގަނޑަށް ލިބޭ ފާޑުކިޔުންތަކުގެ ސަބަބުން އޭނާގެ ސިއްހަތަށް ނޭދެވޭ އަސަރު ކޮށްފައިވެއެވެ. ''މޫނުމަތިން ހިނިތުންވުމެއް ދެއްކި ނަމަވެސް، އެތެރެއިން މީހާ ހުންނަނީ ރޫޅިފަ، އަހަންނަށްވެސް އެހެން ދިމާވި.'' އޭނާ އިތުރަށް ބުނެފައިވެއެވެ.
އަރްޖުން އިތުރަށް ބުނެފައިވާ ގޮތުގައި ލޮކްޑައުންގެ ސަބަބުން އޭނާއަށް ވަނީ ފައިދާ ކޮށްފައެވެ. ހަށިގަނޑަށް ގެނެވުނު ދުޅަހެޔޮ ބަދަލުގެ ސަބަބުން އޭނާ އުފާކުރާ ކަމަށާއި، ފިޓުވުމުގެ މަސައްކަތް އަދިވެސް ކުރިއަށް އޮތީ ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ.
އަރުޖުން ކަޕޫރު ވަނީ މިކަމުގައި ދެގޮތެއް ނުވެ އޭނާއަށް ހެޔޮ އެދެމުން ދިޔަ އަދި އަނދިރި ދުވަސްތަކުގައި އޭނާއަށް ހިތްވަރުލައިދިން ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން