ރާއްޖޭގެ ރިސޯޓެއްގެ ސްވިމިން ޕޫލަކަށް އެރި އުޅުނު ރަޝިއާގެ ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ 8:00 ހާއިރު ކަމަށެވެ.
ދ. އަތޮޅުގެ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އާއިލާއެއްގެ ފަސް އަހަރުގެ ކުޑަ ކުއްޖާ، އާއިލާއާއެކު ސްވިމިން ޕޫލަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއަކާ ގުޅިގެން ފ. އަތޮޅު ނިލަންދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ ޕޫލްތަކުގައި އެފަދަ ހިތާމަވެރި ހާދިސާތައް ހިނގުން އެހޭ އާންމެއް ނޫނެވެ. ނަމަވެސް މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ބައެއް ފަތުރެވެރިން މަރުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު