ބޮލީވުޑްގެ ކާމިޔާބު ފެޝަން ޑިޒައިނަރު މަނީޝް މަލޯތުރާ 30 އަހަރަށްފަހު ޑައިރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ނިންމައިފިއެވެ.
މަނީޝްގެ ފުރަތަމަ ޑައިރެކްޝަންގެ މަސައްކަތް ފެނިގެންދާނީ ގާތް ރަހުމަތްތެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން ކުޑައިގެ ދަށުން ކަމަށް ވެއެވެ.
މަނީޝް ޑައިރެކްޓު ކުރުމަށް ހަމަޖެހިފައިވަނީ މިއުޒިކަލް ޑްރާމާއެއް ކަމަށާއި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ އޭނާ އަމިއްލައަށް އުފައްދާފައިވާއިރު، ފިލްމަށް ތަރިން ނެގުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގައި ހަބަރުތައް ބުނެއެވެ.
ފިލްމުގެ މާ ބޮޑު ތަފުސީލެއް އަދި އާންމު ކޮށްފައި ނުވިނަމަވެސް، ފިލްމުގެ ވާހަކަ ބިނާވެފައިވާނީ ލޯބީގެ ހާދިސާއެއްގެ މައްޗަށް ކަމަށް ވެއެވެ. ގިނަބަޔަކު ވަނީ މަނީޝްގެ ފިލްމަށް އޭނާ ހިޔާރު ކުރާނީ ކޮން ތަރިންނެއްތޯ ބަލައިލަން ކެތްމަދު ވެފައެވެ.
މިހާތަނަށް 800 އަށްވުރެ ގިނަ ފިލްމުގައި މަނީޝް ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާއިރު، ޝްރީދޭވީ، ކާޖަލް، ކަރީނާ، އާލިއާ ބަޓް ފަދަ ފުންނާބު އުސް އެތައް ތަރިންނެއްގެ އެންމެ މަގުބޫލު ފެޝަން ޑިޒައިނަރަކީ މަނީޝް އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން