ނ. ވެލިދޫގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޒުވާނުންގެ ގުރޫޕެއް ކަމަށްވާ ކުޑަކަންމަތީ ނިއު ޖެނެރޭޝަން (ކޭއެންޖީ)ގެ ފަރާތުން އެރަށުގެ ގިނަ އަދަދެއްގެ ގެތަކަށް ފޮތި ކޮތަޅު ހަދިޔާކޮށްފިއެވެ.
އެ ހަރަކާތް ހިންގި ކޭއެންޖީން ބުނީ އީދު ހަދިޔާއެއްގެ ގޮތުގައި މިއަދު ރަށުގެ 400 ގެއަކަށް ފޮތި ކޮތަޅު ބަހާފައިވާ ކަމަށެވެ.
"މި ކޮތަޅުތައް ހަދިޔާކުރުމުގެ ބޭނުމަކީ ވެލިދޫއަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލާ ރަށަކަށް ހެދުމަށް ބާރު އެޅުން،" ކޭއެންޖީން ބުންޏެވެ.
ވެލިދޫގެ ގެތަކަށް ކޮތަޅު ބެހުމުގައި ހަރަކާތްތެރިވީ އެ ގުުރޫޕުގެ ޒުވާނުންނެވެ. އެ ކޮތަޅުތައް ޑިޒައިންކޮށްފައިވަނީ ވެސް އެ ޒުވާނުންނެވެ.
ކޭއެންޖީން އިތުރަށް ބުނީ، އެ ކޮތަޅުތައް ހެދުމަށް ގާތްގަނޑަކަށް ޖުމުލަ 25،000 ރުފިޔާ ހަރަދުވި ކަމަށާއި އެ ފައިސާ ހޯދީ ގްރޫޕުގެ ކުދިންގެ އަތުން ޗަންދާ ނަގައިގެން ކަމަށެވެ.
ވެލިދޫގެ ގްރޫޕަކުން އެރަށުގެ ގެތަކަށް ފޮތި ކޮތަޅު ބަހާފައިވާ އިރު، 2023 ވަނަ އަހަރު ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކާ ދުރުވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު