މިއަދު ފާހަގަކުރަމުން އަންނަ އަޟްހާ އީދާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި އުރީދޫ މޯލްޑިވްސް ގުޅިގެން އުޟްހިޔާ ކަތިލުމުގެ ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ހަރަކާތް ކުރިޔަށް ދިޔައީ މިއަދު ހެނދުނު އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައެވެ.

މި ހަރަކާތުގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ކައުންސިލުގެ ބައެއް މެންބަރުންނާއި އުރީދޫގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުރީދޫން ބުނީ، މި ހަރަކާތުގައި ކަތިލި އުޟްހިޔާ ހަދިޔާކޮށްފައިވަނީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް މެންދުރުގެ ކެއުމެއްގެ ގޮތުގައެވެ.

މިއަހަރުގެ އަޟްހާ އީދާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަށް ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ވެހިކަލް ދުއްވުން މަނާކޮށް، ފައިމަގުފައި އުޅެވޭ ގޮތަށް ހަމަޖައްސައިފައެވެ.