މާލޭ އިންޖީނުގެ ބޮޑުކުރުމުގެ މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސްޓެލްކޯއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މާނިފާ ހިނގުމާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމައްޗަށް ވާ ގޮތަށް، ކުދަކުދީންގެ ބަގީޗާ ކައިރީގައި އޮންނަ ގާކޮށިތެރޭގައި ސްޓެލްކޯއިން ބަހައްޓާފައިވާ އިންޖީނުތަކުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ރަނގަޅު މާހައުލެއް ލިބުމުގެ ހައްގުން މަހުރޫމުވެފައިވާ ކަމަށް ބުނެ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ފަރާތުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ.
ޖަނެރޭޓަރުތަކުގެ މައްސަލައިގައި ކޯޓަށް ދިއުމުން ސްޓެލްކޯއިން ބުނީ، އެ ސަރަހައްދުގައި ހުރި ޖަނެރޭޓަރުގެ ބޭނުން ކުރަނީ ވަރަށް މަދުފަހަރެއްގައި ކަމަށާއި މިހާރު އެތަކެތީގެ ބޭނުން އެއްވެސް ވަރަކަށް ނުކުރާ ކަމަށާއި ކޯޓަށް ގޮސްފައިވަނީ ހައްލުވެފައިވާ މައްސަލައެއްގައި ކަމަށެވެ.
އެކަމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ އިންޖީނުގޭގެ މައްސަލަ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މުސީބާތަކަށް ވެފައިވާ ކަމަށާއި އިންޖީނުގެ ބޮޑުކުރަމުން ގެންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
"މިކަމަށް ހައްލު ނުގެނެސް ސްޓެލްކޯއިން އެއްވެސް ކަމެއް ކުރުމަކީ ކުށެއް،" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ޓެގުކުރައްވައި ނަޝީދު ވިދާޅުވިއެވެ.
މާލޭ އިންޖީނުގޭގެ މައްސަލައަށް ހައްލެއް ނުގެނެސް ސްޓެލްކޯއިން އިތުރު ކަމެއް ކުރުމަކީ ކުށެއް ކަމަށް ނަޝީދު ވިދާޅުވެފައިވާ އިރު،
ގްރޭޓާ މާލެ ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މާލެ-ހުޅުމާލެ މިހާރު ވަނީ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު