ސަލްމާންހާން އާއި ދުރުގައި ހުރުމަށް ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށް އޭނާގެ ކުރީގެ ބައިވެރިޔާ ސޯމީ އަލީ ބުނެފިއެވެ. ސޯމީ މިހެން ބުނެފައިވަނީ ވަރަށް ފަހުން އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައެވެ.
1990ގެ އަހަރުތަކުގައި މަދުން ނަމަވެސް ފިލްމުތަކުން ފެނިފައިވާ ސޯމީ އަލީ އަދި ސަލްމާން ހާން އަކީ 8 އަހަރުވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެމީހުންނެވެ.
ރަށްޓެހިވެގެން އުޅުނުއިރު ސޯމީ އަލީ ބޮލީވުޑަށް ނުކުތުމަށް އެންމެ ފުރަތަމަ ހަމަޖެހިފައިވަނީ ސަލްމާން ހާންއާ އެކުގައި ކަމަށާއި، ނަމަވެސް ފިލްމުގެ މަސައްކަތް ކުރިއަށް ދާ ގޮތް ނުވެ ހުއްޓާލަން ޖެހުނު ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އެދުވަސްވަރު ސަލްމާން ހާންގެ ހޯމް ޕްރޮޑަކްޝަންގެ މަސައްކަތް ފަށައި، ''ބުލަންދް'' ކިޔާ ފިލްމެއް އުފެއްދުމަށް ނިންމިކަން ސޯމީ ބުންޏެވެ. އެ ފިލްމުގައި ސަލްމާންއާއެކު ހަރަކާތްތެރިވާނެ ބަތަލާއެއް ގޮތުގައި ސޯމީ އަލީ ހަމަޖެހި ޝޫޓިންތަކަށް ކަތަމަންޑޫއަށް ދަތުރުކުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް އޭނާއަކީ އިންޑަސްޓްރީއަށް އާ ކުއްޖަކަށް ވެފައި، ވަރަށް ޅަ ކުއްޖަކަށް ވުމުގެ އިތުރުން ޕްރޮޑިއުސަރުންގެ މެދުގައި ޖެހުނު މައްސަލަތަކެއްގެ ސަބަބުން ފިލްމުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ.
ސަލްމާން ހާންއާ މިހާރު އެއްވެސް ގުޅުމެއް އޮވޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން ސޯމީ ބުނީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސަލްމާންއާ އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވާ ކަމަށާއި އެއީ އޭނާގެ ދުޅަހެޔޮކަމަށްވެސް ފައިދާކުރުވި ކަމެއް ކަމަށެވެ.
އެ ދެމީހުންގެ ލޯބީގެ ގުޅުން 1999 ވަނަ އަހަރުގެ ޑިސެމްބަރުގައި ނިމުނު ފަހުން ސަލްމާންގެ ހަޔާތަށް އައީ ކިތައް ކުދީންކަން ބުނަންވެސް ނޭނގޭ ކަމަށް ސޯމީ ބުންޏެވެ. ސަލްމާންއާ ވާހަކަ ނުދައްކާ ހުރުމަކީ ނަފުސާނީ ގޮތުން އޭނާއަށް ފައިދާ ހުރި ކަމެއް ކަމަށާއި، ސަލްމާން އުފަލުގައި ހުރުމަކީ އޭނާވެސް އެދޭ ގޮތް ކަމުގައި ސޯމީ ވަނީ ބުނެފައެވެ.
އޭގެ އިތުރުންވެސް ސަލްމާންގެ ''ބީއިންގް ހިއުމަން'' އެންޖީއޯ މަސައްކަތުގެ ދަށުން ކުރަމުން އަންނަ މަސައްކަތާމެދު ފަހުރުވެރިވާ ކަމުގައި ސޯމީ ވަނީ ފާހަގަކޮށްފައެވެ.
މީގެ ކުރިން ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ރަށްޓެހިވެގެން އުޅުން ދުވަސްވަރު ސަލްމާން ހާން އޭނާއަށް ބޭވަފާތެރިވި ކަމުގައި ސޯމީ ވަނީ ބުނެފައެވެ. ''އަހަރެމެން ރުޅިވިފަހުން 20 އަހަރުވެއްޖެ. އޭނާ އަހަންނަށް ބޭވަފާތެރިވީމަ އަހަރެން އެގުޅުމާ ދުރަށް ދިޔައީ.'' ސޯމީ ބުނެފައިވެ އެވެ.
ސޯމީ އަލީގެ ކުރު ފިލްމީީ ކެރިއަރުގައި އޭނާވަނީ ސައިފް އަލީ ހާން، މިތުން ޗަކްރަބަތީ އަދި ސުނިލް ޝެޓީ ފަދަ ތަރިންނާއެކު ފިލްމުތަކުގައި ހަރަކާތްތެރިވެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން