އެސްޓީއޯ އިން ޑެވޮންޑޭލް ކިރުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 15 އަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން 1000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ.
އެ ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ސުޕަމާޓް، އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުގެ އިތުރުން އެސްޓީއޯގެ ސަރަހައްދީ ފިހާރަތަކުންނެވެ. ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ވިއްކާ ތަކެތި ހިމެނޭ ހާއްސަ ގިފްޓް ހެމްޕާއެކެވެ.
އެސްޓީއޯ އިން ވަނީ ޑެވޮންޑޭލް ފުލްކްރީމް އެއް ލީޓަރު ޕެކެޓް ވިއްކަމުން އައި އަގުވެސް ޕްރޮމޯޝަންގެ ދަށުން ހެޔޮކޮށްފައެވެ. ފުލްކްރީމް އެއް ލީޓަރު ޕެކެޓެއް 23 ރުފިޔާއަށް ވިއްކާ އިރު، ދެ ޕެކެޓް ގަންނަ ނަމަ 40 ރުފިޔާއަށް ދެ ޕެކެޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.