މަޖީދީ މަގުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި، އޭގައި އިން ކުއްޖެއްގެ ބޯ ފަޅާލައިފިއެވެ.
ފުލުހުން ބުނީ، މިއަދު އިރުއޮއްސި 18:38 ހާއިރު މަޖީދީ މަގާއި މާވެޔޮމަގާ ގުޅުން ހިސާބުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވައި އެ ކާރުގައި އިން 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިގައި ތަޅައިގަނެ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ މާރާމާރީގައި އެ ކުއްޖާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ކުއްޖާއަށް މިހާރު އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު