ބީއެމްއެލްގެ ކްރެޑިޓް ކާޑުތައް ބޭނުން ކޮށްގެން ރާއްޖެ އިން ބޭރުގެ މުއާމަލާތުތައް ހިންގޭ ލިމިޓު މިއަދުން ފެށިގެން 500 ޑޮލަރަށް ބޮޑުކޮށްފި އެވެ.
އެ ބޭންކުން ވަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުންނާއި ރާއްޖޭން ބޭރަށް ދާ ޑޮލަރުގެ އަދަދު ހިފެހެއްޓުމަށާއި ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމު ހޯދުމަށް ދައްކަން ޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ބީއެމްއެލުން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅައިފަ އެވެ.
ނަމަވެސް މިއަދު ގެނައި ބަދަލާއެކު، ކްރެޑިޓް ކާޑު ބޭނުން ކޮށްގެން ބޭރުގެ މުއާމާލާތުތައް ހިންގަން ކޮންމެ މަހަކު 500 ޑޮލަރު ބޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. އަދި އެ ބޭންކުގެ ކްރެޑިޓު ކާޑުން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓު 500 އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާ ކުރެވުން، ކޮންމެ 30 ދުވަހަކުން މުރާޖައާ ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، ބީއެމްއެލްގެ ޑެބިޓު ކާޑުން ކުރެވޭ މުއާމަލާތްތަކުގެ ލިމިޓަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ބީއެމްއެލުން ބުނީ، މިގޮތަށް ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ނަމަވެސް ބޭސްފަރުވާ އާއި ތައުލީމާ ގުޅުން ހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތަށް ބޭނުންވާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވުމަށް ބޭންކުން އެދެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު