މާސްޓަޝެފް އޮސްޓްރޭލިއާގެ 13ވަނަ ސީޒަން އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ޖަސްޓިން ނަރަޔަން ކާމިޔާބު ކޮށްފިއެވެ. މިއީ އިންޑިއާއަށް ނިސްބަވާ މީހަކު މި ޓައިޓަލް ހާސިލުކުރި ދެވަނަ ފަހަރެވެ.
ނަރަޔަން އަށް ވަނީ މާސްޓަޝެފް އޮސްޓްރޭލިއާގެ ޓައިޓަލް ހާސިލުކުރުމުން އިނާމެއްގެ ގޮތުގައި ޓްރޮފީގެ އިތުރުން 250،000 އެމެރިކާ ޑޮލަރު ލިބިފައެވެ.
ޖަސްޓިން ނަރަޔަންގެ އިތުރުން ގްރޭންޑް ފިނާލޭގައި އޭނާއާ ވާދަކޮށްފައިވަނީ ބަންގްލަދޭޝް ދަރިކޮޅަށް ނިސްބަތްވާ ކީޝްވަރު ޗޯދުރީ އާއި ޕީޓް ކޭމްބަލް އެވެ. ޕީޓް ރަނަރަޕް ކަމަށް ހޮވިފައިވާއިރު ކީޝްވަރު ވަނީ މުބާރާތުން ތިންވަނައަށް ހޮވިފައެވެ. މިފަހަރުގެ މާސްޓަޝެފް އޮސްޓްރޭލިއާގައި އިންޑިއާއަށް ނިސްބަތްވާ ދީޕިންދަރު ޗިބަރުވެސް ވަނީ ވަރަށް ގާތުން ވާދަކުރަމުން އައިސް މުބާރާތުން ކަޓައިގެން ގޮސްފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް