މިއަހަރު ކުރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތްތަކަށްވުރެ ކެންސަލްކުރި ޝަރީއަތްތައް ގިނަ ކަމަށް ދައްކައިފި އެވެ.
މިއަހަރުގެ ނިމިދިޔަ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސް ހިސާބުތައް ކުރިމިނަލް ކޯޓުން އާއްމު ކޮށްފައިވާއިރު، އެ ރިޕޯޓުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 5377 މައްސަލަ ކުރިއަށް ގެންދިއުމަށް އެ ކޯޓުގައި ތާވަލު ކުރިއެވެ.
ނަމަވެސް އޭގެ ތެރެއިން ކުރިއަށް ގެންދިޔައީ 2507 މައްސަލަ ކަމަށާއި، އެކި ސަބަބުތަކާހެދި 2870 އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އޭގެ ތެރެއިން 706 އަޑުއެހުން ކެންސަލް ކޮށްފައި ވަނީ ދައުވާ ލިބޭ ފަރާތާ ހެދި ކަމަށާއި، 625 އަޑުއެހުން ކެންސަލް ކުރީ އިދާރީ ސަބަބުތަކާ ހުރެ ކަމަށްވެސް ބުނެފައިވެއެވެ. އޭގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން 441 އަޑުއެހުން ކެންސަލްކުރަން ޖެހުނު ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެ ރިޕޯޓުގައި ބުނެފައިވަނީ، މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް 398 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެ މުއްދަތުގައި އޭގެ ތެރެއިން 283 މައްސަލަ ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ބަންދާމެދު ގޮތެއް ނިންމުމަށް 1356 މައްސަލަ ހުށަޅާފައިވާ ކަމަށްވެސް ރިޕޯޓުގައި ކުރިމިނަލް ކޯޓުން ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް