އޮސްޓްރޭލިއާއިން މިއަހަރުގެ ފުރަތަމަ ކޮވިޑް މަރު ރިޕޯޓުކޮށްފިއެވެ.

އޮސްޓްރޭލިއާގައި ކޮވިޑް ޖެހިގެން 90 އަހަރުގެ އަންހެނަކު މަރުވެފައިވަނީ އޭނާ ކޮވިޑަށް ޕޮސިޓިވް ވިތާ ގަޑިއިރުތަކެއް ފަހުން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ނިއު ސައުތުވޭލްސް ސްޓޭޓުގައި ހަލުވިކަމާއެކު ޑެލްޓާ ވޭރިއެންޓް ފެތުރެމުންދާ އިރު ސިޑްނީގެ އެތެރެއިންނާއި ކައިރީގައިވާ ސަރަހައްދުތަކުން ކޭސްތައް ކުރިއަށް އޮތް ތަނުގައި އިތުރުވެގެން ދާނެ ކަމަށް އެގައުމުން ވަނީ ލަފާކޮށްފައެވެ. މިހާރުވެސް ހަރުކަށި ފިޔަވަޅެއްގެ ގޮތުން މި ސިޓީތައް ފުރަބަންދުކޮށްފައި ވަނިކޮށް ކޭސްތައް ގިނަވެގެން ދާ ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއްކަމުގައި އެގައުމުން ވަނީ ބުނެފައެވެ. އެގައުމުން އެންމެފަހުން އާއްމުކުރި މައުލޫމާތުން ކޮވިޑްގެ 566 މީހުން އެބަތިއްބެވެ. މިދިޔަ ހުކުރު ދުވަހަށް ފުރަބަންދު އުވާލުމަށް ނިންމާފައިވަނިކޮށް ބަލީގެ އަދަދުތައް މައްޗަށް ގޮސްފައިވާތީ، ފުރަބަންދު ވަނީ ދަމަހައްޓާފައެވެ.

އޮސްޓްރޭލިއާގައި ވެކްސިން ދެމުން އަންނަނީ 40 އަހަރުން މަތީގެ މީހުންނަށާއި، ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށާއި މަސައްކަތުގެ މާހައުލުގައި ވައިރަސް އަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު މީހުންނަށެވެ.

މިވަގުތު ކޮވިޑުގެ ހާލަތު އެންމެ ގޯސް ގައުމުތަކަށް ބަލާއިރު މިދިޔަ ހޮނިހިރު ދުވަހު އެކަނި ބްރެޒިލްއިން 1205 މީހުން ބަލީގައި މަރުވެ 48،504 މީހުންނަށް އަލަށް ބަލި ޖެހުނު ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ. އަދި މެކްސިކޯއިން 232 މީހުން އެ ދުވަހު މަރުވިކަމަށް ރިޕޯޓުކޮށްފައިވެ އެވެ.