އެޑްވަޓޯރިއަލް

ދިވެހިންގެ މެދުގައި ނަން މަޝްހޫރު ކާސްޓްރޯލް!

"ކާސްޓްރޯލް" މި ނަމަކީ ދިވެހިންގެ މެދުގައި ބީރަށްޓެހި ނަމެއް ނޫނެވެ. ބައިނަލްއަގުވާމީ އިންޖީނު އުފައްދާ ކުންފުނިތަކުގެ އިތުބާރު ލިބިފައިވާ ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް 1994 ވަނަ އަހަރުން ފެށިގެން އެމްޓީސީސީން ރާއްޖެއަށް ތައާރަފުކުރުމާއެކު ހުދު، ރަތް އަދި ފެހި ކުލަ ހިމެނޭ މި ބްރޭންޑުގެ ލޯގޯ ޖަހާފައި ހުންނަ ތަކެތި މާލެއާއި ރަށްތަކުން އާންމުކޮށް ފެންނަން ފެށިއެވެ.

އޭރު ކާސްޓްރޯލް ޖަހާފައި ހުންނަ ބޮޑެތި ފީފާ، ޓައްޕު، ދަޅު އަދި އެކި ބާވަތުގެ ފުޅިތައް ރާއްޖޭގެ ރަށްތަކުގެ އިންޖީނުގެތަކާއި، ގަރާޖުތަކާއި، ވޯކްޝޮޕްތަކާއި އަދި ފިހާރަތަކުން އާންމުކޮށް ފެނެއެވެ. މި ބްރޭންޑުގެ އުފެއްދުންތައް ލޮރީތަކުގައި އުފުލާ މަންޒަރާއި، ޖެޓީ ސަރަހައްދުގައި ފުރަން ތައްޔާރުވެފައި ހުންނަ އޮޑިދޯނިފަހަރުގައި ހުންނަ ތަން ޒަމާނުއްސުރެ ފެންނަ ހަނދާންވެއެވެ. ކުރީގެ ބައެއް ޑްރާމާ، ފިލްމު އަދި އާންމު ފަރާތްތަކުން ނަގާފައި ހުރި ފޮޓޯތަކުންވެސް ކާސްޓްރޯލް ބްރޭންޑުގެ ތަކެތި ފެންނަ މަންޒަރު ހަނދާންވެއެވެ. އޭރު ރާއްޖޭގެ ރަށްރަށާއި، މާލޭގެ ގެތަކުގައި ޖައްސާފައި ހުންނަ ރޭޑިއޯތަކުން ކާސްޓްރޯލް އިޝްތިހާރުތައް އާންމުވެ، ވަރަށް ފަހަކާ ޖެހެންދެން އިވުނު ހަނދާންވެސް ހުރެއެވެ.

ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަޝްހޫރު ކާސްޓްރޯލް ބްރޭންޑަކީ އިންޖީނާއި، ޖަނެރޭޓަރު ފަދަ ތަކެތީގައި ބޭނުންކުރާ އަޑީތެލާއި އެހެނިހެން ތަކެތި އުފެއްދުމުގައި 100 އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ ބްރޭންޑެކެވެ. އެމްޓީސީސީން މި ބްރޭންޑް މާކެޓަށް ތައާރަފުކުރި ހިސާބުން ފެށިގެން މިއީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

ކާސްޓްރޯލް އަކީ އޮޑިވެރިންނާއި، އިންޖީނިއަރުންނާއި އަދި ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާ ފަރާތަތްކުން އެންމެ އިތުބާރު ކުރާ އެއް ބްރޭންޑެވެ. އެމްޓީސީސީން ކާސްޓްރޯލްގެ އުފެއްދުންތައް ރާއްޖެއަށް ތައާރަފުކުރުމުން، ގައުމު ތަރައްގީކުރުމުގައި ގިނަ ދާއިރާތަކަކަށް މީގެ ފައިދާ ލިބިގެންދިޔައެވެ. މިގޮތުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރުން ފެށިގެން، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގައި ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރާ ބޮޑެތި ޖަނަރޭޓަރު އަދި އެއްގަމު އުޅަނދުފަހަރުގައިވެސް ކާސްޓްރޯލް އަޑީތެލާއި އެހެނިހެން އުފެއްދުންތައް ބޭނުންކުރަން ފެށިއެވެ.

ކާސްޓްރޯލް ބްރޭންޑަކީ ރާއްޖޭގެ އެކި ސިނާއަތްތަކާއި ދާއިރާތައް ކުރިއެރުވުމުގައި އެހީތެރިވަމުން އަންނަ ބައިވެރިއެކޭވެސް ބުނެވިދާނެއެވެ. މިހެން ބުނަނީ ސަބަބަކާ ނުލައެއްވެސް ނޫނެވެ. ކާސްޓްރޯލުގެ އުފެއްދުންތައް ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ގިނަ ކަނޑާއި އެއްގަމު އުޅަނދުގެ އިންޖީނުތަކުގައި ބޭނުންކުރެއެވެ. ރަށްތަކުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގައި އޭރާއި މިހާރުވެސް އެންމެ ގިނައިން ބޭނުންކުރާ އަޑީތެލާއި އެހެން ބާވަތްތައް ހިމެނޭ އެއް ބްރޭންޑަކީ ކާސްޓްރޯލްއެވެ.

އެމްޓީސީސީން ކާސްޓްރޯލުގެ އުފެއްދުންތައް ހެޔޮ އަގުގައި މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކަސްޓަމަރުންގެ އަގުބޮޑެތި އިންޖީނާއި ޖަނަރޭޓަރު ފަދަ މުދަލުގެ ފެންވަރު ހިފަހައްޓައި، މި ތަކެތީގެ އުމުރު ދިގުކުރުމަށް މަގުފަހި ކޮށްދިނުމެވެ. އެމްޓީސީސީ ކަށަވަރުން ވިއްކާ ކާސްޓްރޯލުގެ އުފެއްދުންތަކަކީ ޖަނަރޭޓަރާއި އިންޖީނުތަކުގެ މެއިންޓަނަންސްއަށް ކުރަންޖެހޭ ހަރަދު ކުޑަކުރުމުގައިވެސް އެހީތެރިވެދޭ ބާވަތްތަކެކެވެ.

އެމްޓީސީސީ ކަށަވަރުން ލިބޭ ކާސްޓްރޯލުގެ ބައެއް އުފެއްދުންތަކަށް ބަލައިލާ އިރު، އިންޖީނުތަކާއި ޖަނަރޭޓަރުތަކަށް ހާއްސަކޮށްގެން ކާސްޓްރޯލް އެމްއެޗްޕީ އަދި ކާސްޓްރޯލް ވެކްޓަން ގްލޯބަލްގެ އުފެއްދުންތައް ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން މަގުބޫލު އުފެއްދުންތަކުގެ ތެރޭގައި ހައިސްޕިން ހައިޑްރޯލިކް ތެޔޮ، ސްޕީރޯލް ގްރީސް، ރެޑިކޫލް ކޫލަންޓް، ޓީކިއުޑީ ޓްރާންމިޝަން ތެޔޮ އަދި އެއާކޯލް ކޮމްޕްރެޝަރު ތެޔޮ ހިމެނެއެވެ.

ކާސްޓްރޯލް އެމްއެޗްޕީ

މިޒަމާނުގެ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގެ 4-ސްޓްރޯކް އިންޖީނަށް އަމާޒުކޮށްގެން ޒަމާނީ ބަދަލުތަކާއެކު ކާސްޓްރޯލް ކުންފުނިން ތައްޔާރުކޮށްފައިވާ މި އަޑީތެޔޮ އެމްޓީސީސީ ކަށަވަރުގެ ކަސްޓަމަރުންނަށް ދަނީ ހެޔޮ އަގުތަކުގައި ފޯރުކޮށްދެމުންނެވެ. އެމްއެޗްޕީ އަޑީތެލަކީ ކާމިޔާބުކަމާއެކު ޓެސްޓުކޮށް އިންޖީނު އުފައްދާ ފަރާތްތަކުގެ އިތުބާރު ހޯދާފައިވާ އަޑީތެލެކެވެ. ކާސްޓްރޯލް އެމްއެޗްޕީ އަޑީތެޔޮ ބޭނުންކުރުމުން އިންޖީނުގެ ހޫނުމިން ދަށްކޮށް، ޕިސްޓަނާއި ރިންގުތައް ސާފުކުރުމުގެ އިތުރުން މުޅި އިންޖީނު ސާފުކޮށް ބެލެހެއްޓުމަށް އެހީތެރިވެދެއެވެ.

ކާސްޓްރޯލް ވެކްޓަން ގްލޯބަލް

މިއީ އަގުބޮޑު ޖަނަރޭޓަރުތަކުގައި ބޭނުންކުރުމަށް މިނަރަލް ހިމަނައިގެން ކާސްޓްރޯލު ކުންފުނިން އުފައްދާފައިވާ މަލްޓިގްރޭޑް އަޑީތެލެކެވެ. މީގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ގިނަދުވަސްވުމުން އިންޖީނު ކަންފަތިވުން ކުޑަކޮށްދީ، އުމުރު ދިގުކޮށްދެއެވެ. ވެކްޓަން ބޭނުންކުރުމުން އިންޖީނު ސާފުކަންމަތީ ހުރުމުގެ އިތުރުން އިންޖީނު ބެލެހެއްޓުމުގެ ހަރަދު ކުޑަވެ އިންޖީނު ހުއްޓުމުގެ މައްސަލަ ހައްލުކޮށްދެއެވެ. ކާސްޓްރޯލް ވެކްޓަން ގްލޯބަލް އަކީ ބައިނަލްއަގުވާމީ އިންޖީނު އުފައްދާ އެތައް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ފެންވަރު ރަނގަޅު އަޑީތެލެކެވެ.

އެމްޓީސީސީން އެތެރެކޮށް މާކެޓް ކުރާ ކާސްޓްރޯލް ބްރޭންޑުގެ އެހެން ބައެއް އުފެއްދުންތަކުގެ ތެރޭގައި އެކި ފިނި ހޫނުމިނުގައި، އިންޖީނު އަދި ޖަނަރޭޓަރު ހަލާކުވުމުން ރައްކާތެރިކޮށް، ފެނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށް، ދަގަނޑުގެ ބައިތައް ހަލާކުވުން ކުޑަކޮށްދީ، އޮކްސިޑައިޒޭޝަނުން ރައްކާތެރިކޮށްދޭ ހައިޑްރޯލިކް ތެޔޮ ހިމެނެއެވެ. އަދި އިންޖީނު ފަދަ ތަކެތި ބާރުގަދަ ޕްރެޝަރުގައި ބޭނުންކޮށް، ހަލާކުވުން އަދި ދަބަރުޖެހުމުން ރައްކާތެރިކޮށްދީ، ބެއާރިންގްތަކާއި، ލޮނުން ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭ، ހެވީ މެޓަލް އަދި ނުރައްކާތެރި މައުދަންތައް ނުހިމެނޭ ސްޕީރޯލް އަކީވެސް އެމްޓީސީސީން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކާސްޓްރޯލުގެ މޮޅު އުފެއްދުމެކެވެ. އިންޖީނު ހަލާކުވުމާއި ދަބަރު ޖެހުމުން ރައްކާތެރިކޮށްދީ، ކޮންމެ ފިނިހޫނުމިނެއްގައި ވެސް އިންޖީނު ރައްކާތެރިކޮށްދީ، އިންޖީނުގައި ހުންނަ ހޫނުވާ ބައިތައް ފިނިކޮށްދިނުމުގެ އިތުރުން އިންޖީނުގެ މެއިންޓެނެންސް ހަރަދު ކުޑަކޮށްދޭ ރެޑިކޫލަކީ އެމްޓީސީސީ ކަށަވަރުން ލިބެން ހުންނަ ކާސްޓްރޯލުގެ އުފެއްދުމެކެވެ. އަދި ފިނިހޫނުމިން ކޮންޓްރޯލުކޮށް ހިފެހެއްޓުމަށް އެހީތެރިވެދޭ ކާސްޓްރޯލުގެ އެއާކޯލް އެމްޓީސީސީ ކަށަވަރުން ކަސްޓަމަރުންނަށް ލިބެން ހުންނާނެއެވެ.

މެރިން އިންޖީނު އަދި ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތައް ދެނެގަނެ، މި މައްސަލަތައް ހައްލުކުރުމަށް އެންމެ އެކަށީގެންވާ ކާސްޓްރޯލުގެ އުފެއްދުންތަކަކީ ކޮބައިކަން ހޯދުމަށްޓަކައި އެމްޓީސީސީ ކަށަވަރުގެ ޓީމުން ކަސްޓަމަރުންނަށް އެހީތެރިވެދެއެވެ. އެމްޓީސީސީ ކަށަވަރު ޓީމަކީ ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފައިވާ ކާސްޓްރޯލް އަދި އެހެން ބްރޭންޑުތަކުގެ މައުލޫމާތާއި، ތަޖުރިބާ ލިބިފައިވާ، ކަސްޓަމަރުންނަށް މައުލޫމާތާއި އާފްޓާސޭލްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ތަޖުރިބާއާއި ގާބިލުކަން ހުރި ޓީމެކެވެ.

ބައިނަލްއަގުވާމީ ޖަނަރޭޓަރު އަދި އިންޖީނު އުފައްދާ ކުންފުނިތަކުން ކަސްޓަމަރުންނަށް އަބަދުވެސްދޭ އެއް އިލްތިމާސްއަކީ އަސްލު ސްޕެއާ އަދި އަޑީތެލާއި އެހެން ބާވަތްތައް މިފަދަ ތަކެތި މަރާމާތުކޮށް، ބޭނުންކުރުމުގައި އިހުތިޔާރުކުރުމެވެ. އެއީ މިފަދަ ތަކެތީގެ އުމުރު ދިގުކޮށް، ހަރަދުކުޑަކޮށް، އެތަކެތި އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކުރެވޭނީ ކޮލިޓީ މޮޅު ސްޕެއާ އަދި އަޑީތެޔޮ ބެނުންކޮށްގެން ކަމަށްވާތީއެވެ. ހާއްސަ ޕްރޮމޯޝަންތަކާއި، ޑިސްކައުންޓުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އެމްޓީސީސީ ކަށަވަރު ޓީމުން އަބަދުވެސް މަސައްކަތްކުރެއެވެ. އެމްޓީސީސީ ކަށަވަރު ޝޯރޫމްއިން ހެޔޮ އަގުގައި ކާސްޓްރޯލް އަދި މިފަދަ އެހެން ޖެނުއިން ބްރޭންޑުތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަންދެއެވެ. އެމްޓީސީސީ ކަށަވަރުގެ އަމާޒަކީ އެކަށީގެންވާ އަގެއްގައި ރަނގަޅު ފެންވަރުގެ މުދަލާއި، ހިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް އަބަދުވެސް ފޯރުކޮށްދިނުމެވެ.