ބުދަ ދުވަހުން ފެށިގެން ހިޔާ ފްލެޓުގެ އެއްްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެޗްޑީސީ)އިން ބުނެފިއެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓަށް ހޮވިފައިވާ ފަރާތްތަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން މިމަހު 14 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ތާވަލްކޮށްފައިވާ ކަމަށެވެ.
އެއްބަސްވުުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ހުރަވީ ސްކޫލުގެ ހޯލްގައި ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރާނީ، އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ ކޯޕަރޭޝަނަށް މައުލޫމާތު ފޯމު ހުށަހެޅުމުން ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ބުނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން އެއްބަސްވުމުގައި ސޮއިކުރަން ތާވަލު ކުރި ނަމަވެސް ފްލެޓުތަކަށް ބޭނުންވާ ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަދި ނިމިފައި ނުވާ ކަމަށާއި އެހެންކަމުން އެއްބަސްވުމުގެ ދަށުން ފްލެޓަށް ފައިސާ ދައްކަން ފަށާ މުއްދަތު އަދި " ގްރޭސް ޕީރިއަޑް" ގެ ތިން މަސް ގުނަން ފެށޭނީ ފުލެޓަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށެވެ.
ކަރަންޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ޓަވަރުތަކުގެ ލިފްޓް ބޭނުން ކުރުމަކީ އެންމެ ރައްކާތެރިކަމަކަށް ނުވާނެތީ، ފުލެޓު ބޭނުންކުރުން ހުޅުވާލެވޭނީ ޓަވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެވުމުން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު