ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖެއްގެ ބޯ ވަކިވީ ކުއްޖާ ބަނޑުތެރެއަށް މަރުވެ، ގިނައިރުވެފައި އޮތުމުން ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން މިގޮތަށް ބުނެފައި މިވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ބޯ ވަކިވެފައިވާ ކަމަށް ބުނެ އިއްޔެ ބައެއް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެންނެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޭ މާބަނޑު މީހަކު ވިއްސުމުގެ ތެރޭގައި ބަނޑުގައި އޮތް ދަރިފުޅުގެ ބޯ ވަކިވެފައިވާ ކަމަށެވެ. އެގޮތަށް އެކަން ދިމާވީ، ކުއްޖާ ބަނޑަށް މަރުވެ، ގިނައިރުވެފައިވާތީ އާއި މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށް ބުންޏެވެ.
"މި ހޮސްޕިޓަލަށް ދެއްކިއިރުވެސް ބަނޑަށް ނިޔާވެފައިވާ ކުއްޖެއް، ވިއްސުމުގެ ތެރޭގައި ބޯ ވަނީ ވަކިވެފަ. މިހެން ދިމާވެފައި ވަނީ މައިމީހާގެ ސިއްހީ މައްސަލަތަކެއް ހުރުމުންނާއި ދަރިފުޅު ބަނޑަށް ނިޔާވެފައިވާތާ ގިނައިރުތަކެއް ވެފައިވާތީ،" އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ބަލިމީހުންގެ ތަފްސީލީ ސިއްހީ މައުލޫމާތު ހޮސްޕިޓަލުގެ ފަރާތުން ހާމަކުރުމަކީ ގާނޫނީ ކުށަކަށް ކުށަކަށް ވުމުގެ އިތުރުން މި މައްސަލައާ ބެހޭ މައުލޫމާތު، އެ ނޫސް ބަޔާނުގައި ހިމަނާފައިވާ ވަރަށް ވުރެ އިތުރަށް ހާމަނުކުރަން އާއިލާ އިން ހޮސްޕިޓަލުގައި އެދިފައިވާ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ މި ހަބަރު ނޫސްތަކާއި ސޯޝަލް މީޑިއާގައި ނުދެއްކުމަށް މަރުވި ކުއްޖާގެ ބައްޕަ އެދިފައި ވާތީ، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާގެ އެދުމަށް އިހުތިރާމަށް އެދޭ ކަމަށެވެ.
އައިޖީއެމްއެޗުން ބުނީ މި ވާހަކަ ނޫސްތަކާއި ސޯޝަލް މީޑިއާގައި ނުދެއްކުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ބައްދަލުކޮށް މަރުވި ކުއްޖާގެ ބައްޕަ އެދިފައި ވާތީ، މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާގެ އެދުމަށް އިހުތިރާމު ކުރުމަށް އެދޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު