އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް ފުރިހަމަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގެ ފައިނަލް ރިޕޯޓް ރޭ ފަތިހު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ. ދުއިސައްތަ ހަތްދިހަ އެއް ސަފުހާގެ އެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައި ވަނީ އެވަގުތު ހާޒިރުވެވަޑައިގަތް ތިއްބެވި 58 މެންބަރުންގެ އިއްތިފާގުންނެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ 241 ކޮމެޓީގެ އިންކުއަރީ ރިޕޯޓަކީ މިފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓުތަކުގެ ތެރެއިން ފުރިހަމަ ރިޕޯޓެއް ކަމަށެވެ. އަދި ކޮމެޓީގެ މުގައްރިރާއި މެންބަރުން އަދި މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް އެމަނިކުފާނު މަރުހަބާ ވިދާޅުވިއެވެ.
"މަޖިލިސް 19 ތަފާތުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާގެ އިންކުއަރީ ރިޕޯޓް ފާސްކޮށްފައިވާ އިރު، އެ މައްސަލައިގެ ތަހުގީގުވެސް ނިމުމަކާ ގާތްވެފައިވާ ކަމަށް ހޯމް މިނިސްޓަރު އައްޝައިހް އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު