ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރުމަށްޓަކައި މާދަމާ ހެނދުނުގެ ވަގުތެއްގައި މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑާލަން ޖެހިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯ އިން މިއަދު ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭ ހިސާބުތަކަށް އަލުން ހިދުމަތް ދެވިގެންދާނެ ކަމަށް ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، މާދަމާ ކުރަން ހަމަޖެހިފައިވާ މަސައްކަތަކީ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ އަމަލީ ހުރިހާ މަސައްކަތެއް ނިންމައި މާލޭގެ ސިސްޓަމާއި ގުޅާލުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު