މާލޭގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް އަނިޔާވެ ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ މާރާމާރީ ހިންގާފައިވަނީ ކިންގް ސަލްމާން މިސްކިތް ކައިރީ މިއަދު ހަވީރު 15:55 ހާއިރު ކަމަށެވެ.
އެ މާރާމާރީ ހިންގާފައިވަނީ ތިން މީހަކު ވެގެން އެހެން މީހެއްގެ ގައިގައި ތަޅާ އަނިޔާކޮށްގެން ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީގައި ޒަހަމްވީ 20 އަހަރުގެ ފިރިހެނަކަށެވެ. އޭނާއަށް މިހާރު އަންނަނީ އައިޖީއެމްއެއެޗުގައި ފަަރުވާ ދެމުންނެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު