އެމެރިކާގެ ދެ ލަވަކިޔުންތެރިން ކަމަށްވާ ގްވެން ސްޓެފާނީ އަދި ބްލޭކް ޝެލްޓަން ކައިވެނިކޮށްފިއެވެ.

އެ ދެ ފަންނާނުން ކައިވެނިކޮށްފައި ވަނީ މިދިޔަ ހޮނިހިރު އޮކްލަހޯމާގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ. ނަމަވެސް މި ހަފުތާގެ ތެރޭގައި ކައިވެނިކުރުމަށް ރަސްމީކޮށް ފޯމު ހުށަހެޅި ހަބަރު ވަނީ ލީކުވެފައެވެ.

އެންބީސީގެ ދަ ވޮއިސްގައި ފަނޑިޔާރުންގެ ގޮތުގައި 2015 ވަނަ އަހަރު އުޅުނު އިރު، ލޯބީގެ ގޮތުން ގުޅުނު ގްވެން އަދި ބްލޭކް އެންގޭޖުވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

މިއީ ގްވެންގެ ދެ ކައިވެންޏެވެ. އޭނާ ކުރިން ވަނީ އިނގިރޭސި ވިލާތުގެ މުއިޒީޝަނެއް ކަމަށްވާ ގެވިން ރޮސްޑޭލްއާ ކައިވެނިކޮށްފައެވެ. އެ ކައިވެންޏަށް ތިން ކުދިންވެސް ލިބިފައިވެއެވެ. ބްލޭކްގެ މިއީ ތިންވަނަ ކައިވެންޏެވެ.