ކެންސަރު ބަލީގައި މިދިޔަ އަހަރު މަރުވި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރުފާން ހާންގެ ފިލްމެއް ޔޫޓިއުބުގައި ރިލީޒްކޮށްފިއެވެ.

އިރުފާން ހާން 2005 ވަނަ އަހަރު ކުޅެފައިވާ ފިލްމު ''ޑުބާއީ ރިޓާން'' ޔޫޓިއުބުގައި ރިލީޒް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އަދިތްޔާ ބަޓަޗާރިޔާ ޑައިރެކްޓް ކޮށްފައިވާ ކޮމެޑީ ފިލްމު ''ޑުބާއީ ރިޓާން'' ގައި އިރުފާން ހާން ފެނިގެންދަނީ އަފްތާބް އަންގްރޭޒް ކިޔާ ގޭންގުސްޓާރެއްގެ ރޯލަކުންނެވެ. މި ފިލްމު ޔޫޓިއުބުގައި ރިލީޒްކޮށްފައި މިވަނީ ކުރިއަށް އޮތް މުމްބާއީ ބާންޑްރާ ފިލްމު ފެސްޓިވަލާ ދިމާކޮށެވެ.

މި ފިލްމުގައި އިރުފާން ހާންގެ އިތުރުން ވިޖޭ މޯރިޔާ އަދި ރަޒަކް ހާން ފެނިގެންދެއެވެ. ފިލްމު ރިލީޒްކުރުމާ އެކު އިއްޔެ އާއި ހަމައަށް 55،000 އަށްވުރެ ގިނަ މީހުން ވަނީ އެ ފިލްމު ބަލައިފައެވެ.