އެމްޑަބްލިޔުއެސްސީގެ ސާވިސް ކައުންޓާތައް ހުޅުވާފައި ހުންނާނެ ގަޑިތައް އާންމުކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިއަދުން ފެށިގެން މާލޭގައި ހުންނަ ކަސްޓަމާ ސާވިސް ކައުންޓަރުގެ ހިދުމަތް ހެނދުނު 8:30 އިން ހަވީރު 16:00 އަށް ލިބޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި ހުންނަ ކަސްޓަމާ ސާވިސް ސެންޓަރުގެ ހިދުމަތް ހަމަ އެގަޑިތަކުގައި ލިބޭއިރު ފައިސާ ބަލައިގަތުމުގެ ހިދުމަތް ލިބޭނީ ހެނދުނު 8:30 އިން ހަވީރު 15:00 އަށް ކަމަށެވެ.

އެމްޑަބްލިޔުއެސްސީން އިތުރަށް ބުނީ، އެ ކުންފުނިން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ. އަދި ބިލް ކަލެކްޝަން އައުޓްލެޓްތަކުން ބިލަށް ފައިސާ ބަލައިގަތުމުގެ ހިދުމަތް ކުރިއެކޭވެސް އެއްފަދައިން ލިބޭނެ ކަމަށެވެ.

އެމަޖެންސީތަކަށް އެކުންފުނީގެ ހޮޓްލައިން 105 އަށް ނުވަތަ 3323209 އަށް ގުޅުން އެމްޑަބްލިޔުއެސްސީން އެދެއެވެ.