ސްޕެއިންގެ ގައުމީ އެއާލައިން، އިބެރިއާ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
މިއީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. އަދި ރާއްޖެއަކީ އެ އެއާލައިނުން މިވަގުތު ދަތުރުކުރާ އިންޑިއާ ކަނޑުގެ ހަމައެކަނި މަންޒިލެވެ.
އިބެރިއާގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ގޮތުން އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެ އެއާލައިންގެ ފުރަތަމަ ފްލައިޓު ސްޕެއިނުން 218 ފަތުރުވެރިން ރާއްޖެ އައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން ބުނީ އިބެރިއާ އިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް A330-300 އަދި A330-200 މަރުކާގެ މަތިންދާބޯޓު ކަމަށެވެ. މީގެ ތެރެއިން އެއާބަސް A330-300 ގައި އިކޮނޮމީ, ޕްރީމިއަމް އިކޮނޮމީ އަދި ބިޒްނަސް ކްލާސް ގޮނޑި ހުރެއެވެ.
އެމްއޭސީއެލުން ބުނީ، އޯގަސްޓް މަހާ ހަމައަށް އިބެރިއާއިން ސްޕެއިންގެ މެޑްރިޑާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށެވެ. އެއީ ހޯމަ, ބުދަ އަދި ހުކުރު ދުވަހުއެވެ.
އިބެރިއާ އިން ބުނި ގޮތުގައި ރާއްޖެއަކީ މި އަހަރުގެ ހޫނު މޫސުމުގައި އެ އެއާލައިނަށް މުހިންމު މަންޒިލެއް ކަމަށެވެ.
"ރާއްޖޭގެ ރޫޓަކީ އިބެރިއާގެ އެންމެ ފުރަތަމަ އިންޑިއާ ކަނޑުގެ މަންޒިލު. އަދި ކަންދިމާކުރި ގޮތުން މިއީ ކޮވިޑް-19 އިން އެންމެ ރައްކާތެރިވެސް މަންޒިލު," އައިބީރިއާގެ ކޮމާޝަލް ނެޓްވޯކް ޑިވެލޮޕްމަންޓް އެންޑް އެލިއަންސެސް ޑިރެކްޓަރު މަރީއާ ހެސޫސް ލޯޕެޒް ސޮލާސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު