ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވާތީ އައިޖީއެމްއެޗްގެ އޯޕީޑީ ހިދުމަތްތައް އަލުން ފަށަން ނިންމައިފިއެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާދަމާ އިން ފެށިގެން އެ ހޮސްޕިޓަލުގެ ހުރިހާ ޑިޕާޓްމަންޓަކުންވެސް ބަލި މީހުން ހޮސްޕިޓަލަށް ގެންގޮސްގެން ހިންގާ އޯޕީޑީތައް އަލުން ފަށާނެ ކަމަށެވެ. އަދި ފިޒިއޯތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކާއި ކުރިން އޮންލައިންކޮށް ދެމުންދިޔަ ސެންޓަ ފޯ މެންޓަލް ހެލްތުގެ ހިދުމަތްވެސް މާދަމާ އިން ފެށިގެން ލިބޭނެ ކަމަށް ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މެދުކަނޑާލާފައިވާ ލެބޯޓަރީގެ ހިދުމަަތްތަކާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓުގެ ހިދުމަތްވެސް މާދަމާ އިން ފެށިގެން ލިބޭނެ ކަމަށެވެ. އޭގެ އިތުރުން ބްރޮންކޮސްކޯޕީ ޓީއެމް.ޓީ، ކޮލޮނޮސްކޯޕީ އަދި އެންޑްސްކޯޕީ، ހިދުމަތްތަކާއި ޝެޑިއުލް ކޮށްގެން ހަދާ އޮޕަރޭޝަންތައްވެސް މާދަމާއިން ފެށިގެން ކުރާނެ ކަމަށް ބުންޏެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ، މި ހިދުމަތްތަކުގެ ތެރެއިން ސްޕީޗް ތެރަޕީ ސެޝަންތައް ނޫން ހުރިހާ ހިދުމަތްތަކެއް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އަށް ލިބޭނެ ކަމަށާއި ސްޕީޗު ތެރަޕީގެ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 14:00 އަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު