ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތުރު އީދަށް ހާއްސަކޮސްގެން ތައާރަފުކުރި ހާއްސަ ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކޮށްގެން ލިބުނު ފައިސާގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް މިއަދު ހަދިޔާ ކޮށްފިއެވެ.
އެގޮތުން މި އަހަރުގެ މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 313,235 ރުފިޔާ ވަނީ ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކޮށްފައިއެވެ.
މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައިވެސް ދިރާގުން އެކި އެގޮތްގޮތުން ތެލެސީމިއާ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
"ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުން އަންނަ އެއް ކުންފުނި. އަދި ވޭތުވެ ދިޔަ އަހަރު ތަކުގެތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުން އަޅުގަނޑުމެންނަށް ވަނީ ލިބިފައި. އެހެންކަމުން އަޅުގަނޑުމެންގެ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން" ޖީހާން ވިދާޅުވިއެވެ.
ދިރާގުން ވަނީ ފާއިތުވި އަހަރުތަކުގައިވެސް އެކި ޖަމިއްޔާތަކަށް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ %10 ހަދިޔާ ކޮށްފައިއެވެ. ގޮތުން ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު