ކޮވިޑް ޖެހުނުތާ 60 ދުވަސް ހަމަނުވާ މީހުންގެ ތެރެއިން މިހާރު ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކައުންސިލްތަކަށް އަންގައިފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވްވެ، 60 ދުވަސް ހަމަވެފައި ނުވާ ފަރާތްތަކުގެ ތެރެއިން ރަށްރަށަށް ދަތުރުކޮށް ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލުމަށް އަންގާ ކަމަށެވެ.
ސާކިއުލާގައި ބުނީ ބަލި ޖެހި ރަނގަޅުވެފައިވާ މީހުންގެ ތެރެއިން ކަރަންޓީނުގައި ތިބި މީހުން ދޫކޮށްލުމުގެ ކަންކަން ސިޓީ އަދި ކައުންސިލްގެ ފަރާތުން ނުވަތަ ރަށުގައި ގާއިމް ކުރެވިފައިވާ ޓާސްކްފޯސްއިން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ.
މީގެ އިތުރުން އެގޮތަށް ދޫކޮށްލެވޭ މީހުންގެ މައުލޫމާތު ހިއްސާކުރުމަށްވެސް އެޗްޕީއޭއިން އެދިފައިވެއެވެ.
ކޮވިޑްގެ ނަންބަރުތައް ތިރިވުމާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަލިން ފަސޭހަވިތާ 60 ދުވަސް ހަމަނުވާ މީހުންނަށް ކަރަންޓީނާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު