ބްރޫޝިއާ ޑޯޓުމަންޑްގެ ތަރި ޖޯޑަން ސާންޗޯ މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް ދެ ކްލަބުން އެއްބަސްވުމަކަށް އައިސްފިއެވެ.
ސާންޗޯ ޔުނައިޓެޑާ ގުޅުމަށް ކުރިން އެއްބަސްވެފައި އޮތް ނަމަވެސް އެ ޑީލް ނުނިމި ލަސްތަކެއް ކުރިމަތިވީ ދެ ކްލަބުގެ ދެމެދުގައި އަގަކަށް އެއްބަސް ނުވެވިގެންނެވެ. އެންމެ އިތުބާރު އެއް ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ މިރޭ އިއުލާން ކޮށްފައިވާ ގޮތުގައި މިހާރު ދެ ކްލަބުން އަގަކަށް އެއްބަސްވެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. އަދި ދެން ބާކީ އޮތީ ހަމައެކަނި މެޑިކަލް ފުރިހަމަ ކުރުން ކަމަށް ފަބްރީޒިއޯ ރިޕޯޓް ކޮށްފައިވެއެވެ.
ސާންޗޯ ޔުނައިޓެޑަށް ދާން އެއްބަސްވެފައި ވަނީ 90 މިލިއަން ޔޫރޯގެ އަގަކަށެވެ. އޭގެ އިތުރުން ބޯނަސް ފައިސާއާއި އެޖެންޓް ފީ ޔުނައިޓެޑުން ދައްކާނެއެވެ. އެއްބަސްވުން އިއުލާން ކުރާނީ 2026 ވަނަ އަހަރާ ހަމައަށް ކަމަށްވެސް ސައްހަ ރިޕޯޓުތަކުން ބުނެފައިވެއެވެ.
އިންގްލެންޑް ގައުމީ ޓީމުގެ ވިންގާ ސާންޗޯއަކީ ޑޯޓުމަންޑްގެ ތަރިއެކެވެ. އޭނާ 2017 ވަނަ އަހަރުން ފެށިގެން ޑޯޓުމަންޑްގެ ޔޫތު ސިސްޓަމްގެ ތެރެއިން ސީނިއާ ޓީމަށް އަރައި، މިހާތަނަށް ވަނީ އެޓީމަށް 104 މެޗު ކުޅެދީފައެވެ. އެ އަދަދަށް މެޗު ކުޅެ ސާންޗޯ ވަނީ 28 ގޯލު ޖަހައިފައެވެ.
ސާންޗޯގެ ސޮއި ހޯދުމަށް ޔުނައިޓެޑުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ. އެގޮތުން މީގެ ކުރިން އައި ދެ ޓްރާންސްފާ ސީޒަނެއްގައިވެސް ޔުނައިޓެޑުން ވަނީ ސާންޗޯގެ ސޮއި ހޯދަން ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް