365 ޑޭސްގައި މާސިމޯ ގެ ރޯލު ކުޅެދިން މިކޭލެ މޮރޯނެ އަށް ބޮލީވުޑުން ހުށަހެޅުންތައް ލިބެން ފަށައިފި އެވެ.
ބޮލީވުޑަށް ޝައުގުވެރިކަން ފާޅުކުރަމުން ދީފައިވާ އިންޓަވިއުއެއްގައި މިކޭލެ ބުނެފައިވަނީ، އޭނާއަށް އަންނަނީ ހުށަހެޅުންތައް ލިބެމުން ކަމަށާއި ބޮލީވުޑް ފިލްމެއް ކުޅެލަން އޭނާވެސް ބޭނުންވާ ކަމަށެވެ.
ބޮލީވުޑުން އޭނާއަށް ހުށަހެޅުންތައް ލިބެމުން އަންނަކަން ފާހަގަކޮށްފައިވާއިރު މީގެ ކުރިން ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމަކަށް މޮރޯނެ ހަމަޖައްސަން އުޅުނު ވާހަކަތަކެއްވެސް ވަނީ ފެތުރިފަ އެވެ.
އިޓަލީގެ ތަރި މިކޭލެއަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައި މިވަނީ ނެޓްފްލިކްސްގެ ހިޓް ސީރީސް 365 ޑޭސް އިންނެވެ.
ގިނަ ދިވެހިންގެ މެދުގައިވެސް މަގުބޫލު ވި 365 ޑޭސްގެ ތަރީގެ އިންސްޓަގްރާމުގައި ފޮލޯވަރުންގެ އަދަދު 12 މިލިއަނަޑް އަރާފައިވާއިރު މިފަހުން މޮރޯނެގެ ޒާތީ ފޮޓޯތަކެއް ވަގަށް ނެގުމާއި ލީކުވުމުގެ މައްސަލަ ވަނީ ކުރިމަތި ވެފައެވެ. އެކަން ކުށްވެރިކޮށް އޭނާ ކޮށްފައިވާ ޕޯސްޓެއްގައި އަމިއްލަ ފޮޓޯތައް އެއްވެސް ބަޔަކު އޭނާގެ ހުއްދައަކާ ނުލައި ބޭނުންކުރުމަކީ އެއްވެސް އިރެއްގައި ރުހޭނެ ކަމެއް ނޫންކަމަށް ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން