ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ހަށިގަނޑަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
މަހަކަށް ވުރެ ގިނަ ދުވަހު ނުފެނި ހުންނެވުމަށްފަހު އާއްމުންގެ ކުރިމައްޗަށް ނުކުންނެވިއިރު ކިމް ޖޮން އުންގެ ހަށިގަނޑުގެ ބަރުދަން ވަރަށް ބޮޑަށް ލުއިވެފައިވާ ކަމަށް ވަނީ ފާހަގަ ވެފައެވެ.
ކިމް ޖޮން-އުން ގެ އާއިލާއަކީ ހިތުގެ މައްސަލަތައް ހުންނަ އާއިލާއެއް ކަމުން، ބަރުދަން ލުއިވެފައިވާތީ އެގައުމުގެ ގިނަ ބަޔަކު ވަނީ ކިމްގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކޮށްފައި ކަމުގައި ހަބަރުތައް ބުނެއެވެ.
ނޯތު ކޮރެއާ އާ ވާދަވެރި ސައުތުކޮރެއާގައި ރިޕޯޓުކޮށްފައިވާގޮތުގައި، އިސްކޮޅުގައިގައި 5 ފޫޓު 8 އިންޗި ހުންނަ ކިމްގެ ބަރުދަނުގައި މީގެކުރިން 140 ކިލޯ ހުންނައިރު، މިހާރު ގާތްގަނޑަކަށް 30 ކިލޯ ވަރު ވަނީ ލުއި ވެފައި ހުރި ކަމަށް ދައްކައެވެ.
1948 ވަނަ އަހަރު ނޯތު ކޮރެއާ އެކުލަވާލައި ލީޑަރުކަމާ ހަވާލުވެވަޑައިގެންނެވި ކިމްގެ ކާފާފުޅު، ކިމް2 ސަންގް އަވަހާރަވެފައިވަނީ ހާޓް އެޓޭކެއް ޖެހިފައެވެ. އަދި އެއަށްފަހު 1994 ވަނަ އަހަރުން ފެށިގެން ކިމްގެ ބައްޕާފުޅު ކިމް ޖޮން-އިލް ލީޑަރުކަން ކުރައްވަމުން ހާޓް އެޓޭކެއް ޖެހި އަވަހާރަވެ ވަޑައިގަތުމުން 2011 ވަނަ އަހަރު ކިމް ޖޮން-އުން ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންފައެވެ.
ދޭތެރެ ދޭތެރެއިން އާއްމުންގެ ލޯކުރިމަތިން ކިމް ގެއްލެއެވެ. އަދި މިފަހަރުވެސް އެގޮތަށް ހުންނެވުމަށްފަހު މިމަހުގެ ތެރޭގައި ފެނިގެންދިޔައިރު، ބަރުދަން ލުއިވެފައިވާތީ، ގިނަ ބަޔަކު އަންނަނީ ކިމްގެ ސިއްހީ ހާލުކޮޅާއިމެދު ސުވާލު އުފައްދަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ