ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްގީ ކުރަން ނިންމައި، ކޮންސަލްޓެންސީ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
މާފަރު އެއާޕޯޓް ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ކުރި އިއްޔެ ކުރި އިއުލާނެއްގައި ބުނީ، 966 އަކަފޫޓުގެ ބިމެއްގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްގީ ތަރައްގީ ކުރުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
ހަތަރު ތަރީގެ ހޮޓަލެއްގެ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ އެތަން ހަދަން ނިންމާފައި ވަނީ ދެ ބުރިއަށެވެ.
އައިއޭއެސް އިން ބުނީ، މި މަސައްކަތަށް ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން އަންނަ މަހުގެ އެކެއްގެ ކުރިން މެއިލް ކުރުމަށް އެދޭ ކަމަށެވެ. މި ކަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ބުންޏެވެ.
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތިން ރިސޯޓް ކައިރީގައި އޮންނަ މާފަރު އެއާޕޯޓް ހުޅުވީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. ނަމަވެސް އެތަން އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ގިނަ އަދަދެއްގެ ޕްރައިވެޓް ޖެޓުތައް ޖައްސާ މާފަރު އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް ބޮޑެތި ފްލައިޓްތައް އެ ތަނަށް ޖެއްސުމަށް ތަން އިތުރަށް ތަރައްގީ ކުރަން ޖެހޭތީ، މާފަރު އެއާޕޯޓުގެ ރަންވޭ ދިގު ކުރުމުގެ މަަސައްކަތް މިއަހަރުގެ ޖުލައި މަހު ފެށޭނެ ކަމަށް މޯލްޑިވިއަނުން ކުރިން އޮތީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު