އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް އއ. ހިމަންދުއަށް ތައާރަފުކޮށްފި އެވެ.
އުރީދޫން ބުނީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖުތަކުގެ އިތުރުން ހިމަންދޫން ސުޕަނެޓްގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020އާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕަނެޓް 50 އެމް އަދި 100 އެމް ނަގާ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން ހިލޭ ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އިންޓަނެޓް ބޭނުން ކުރަންޖެހޭ މިންވަރު އިތުރުވެ، އިންޓަނެޓްގެ މުހިންމުކަން އިތުރުވެފައިވާ މި ދަނޑިވަޅުގައި މަސައްކަތް ކުރަމުން ދަނީ ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފޮރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ޕެންޑެމިކާ އެކު ދިމާވެފައިވާ ގޮންޖެހުންތަކާ އެކުވެސް މިއަހަރު ތެރޭގައި ހަތް ރަށަކަށް ސުޕަނެޓްގެ ހިދުމަތް ފޯރުކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
"ހަމަ އެހެންމެ މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަނެޓްގެ ހިދުމަތް ހިމަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާ އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން،" ނިޔާޒު ވިދާޅުވިއެވެ.
އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އަޕްގްރޭޑްކޮށްފައެވެ. އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑުވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
އެގޮތުން ހިމަންދޫގެ ރައްޔިތުންނަށް އެންމެ ހެޔޮ އަގުގައި އިންޓަނެޓުގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު