އެކި އެކި މައްސަލަތަކުގައި ފުލުހުން އަތުލައިގެންފައިވާ ބަނގުރާގެ ތެރެއިން 71 މައްސަލައަކާ ގުޅުން ހުރި ބަނގުރާ އިއްޔެ ނައްތާލައިފިއެވެ.
ފުލުހުން މިއަދު ބުނީ ނައްތައިލި ތަކެތީގެ ތެރޭގައި 2،000 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު ހިމެނޭ ކަމަށެެވެ.
ފުލުހުން ބުނީ އިއްޔެ ނައްތާލާފައިވަނީ 12 މައްސަލެއްގައި ހިމެނޭ ހެކިތަކުގެ ގޮތުގައި ހިމެނޭ ތަކެއްޗާއި، މިއަހަރު ފައިލު ކުރި 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި މިއަހަރު ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެޗި ކަމަށެވެ.
އެ މައްސަލަތަކުގެ ތެރެއިން ނައްތާލާފައި ވަނީ ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ އަދި ނައްތާލުމުގެ ހުއްދަ ޕީޖީ އޮފީހުން ދީފައިވާ މައްސަލަތަކާއި ދައުވާ ނުކުރުމަށް ނިންމައި ފައިލްކޮށްފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކަމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރަން ދާ ފަތުރުވެރިންގެ އަތުން ނަގާފައިވާ ބަނގުރަލާއި ވަކިފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރާ ކަމަށްވެސް ބުނެފައިވެއެވެ.
އިއްޔެ ދޫނިދޫގައި ނައްތާލި ތަކެއްޗާއެކު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އެއް މައްސަލައިގެ ތަކެތި ފިޔަވައި އެހެން ހުރިހައި ބަނގުރާ ނައްތާލެވުނީ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް