Close
ޚަބަރު

ހަތް ރަށެއްގައި ރިސޯޓު ތަރައްގީކުރުމަށް 9 ފަރާތަކުން ބީލަން ހުށަހަޅައިފި

އަލީ ޔާމިން

ރިސޯޓް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރި ރަށްތަކުގެ ތެރެއިން ހަތް ރަށެއްގައި ރިސޯޓް ތަރައްގީކުރުމަށް ނުވަ ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ، ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު 18 ބީލަންފޮތް ގަނެފައިވާ ކަމަށާއި ނުވަ ފަރާތަކުން ވަނީ ތަފާތު ހަތް ރަށަކަށް 13 ބީލަން ހުށަހަޅާފައި ކަމަށެވެ.

ބިޑަށް ހުޅުވާލާ ރަށްތަކާއި ލީޒް އެކުއިޒިޝަން ކޯސްޓް (އަގު ޔޫއެސް ޑޮލަރުން)

  • ހއ. ވެލިފިނޮޅު - 420،000
  • ހއ. އަލިދުއްފަރުފިނޮޅު - 350،000
  • ހދ. ކުޑަފަރުފަސްގަނޑު - 210،000
  • މ. ސީދީހުރާ - 875،000
  • މ. ސީދީހުރާ ވެލިގަނޑު - 875،000
  • މ. މާއުސްފުށި - 1،575،000
  • ތ. ކާއްޑޫ 700،000
  • ތ. ކަނިމީދޫ (އުތުރުފަރާތުން 10 ހެކްޓަރު) - 1،050،000
  • ތ. އޮޅުފުށި - 700،000
  • ތ. އޮޅުފުށިފިނޮޅު - 700،000
  • ލ. ކަށިދޫ - 700،000
  • ލ. ބޮޑުމުންޔަފުށި - 700،000
  • ލ. ދޮންބެރަހާ - 525،000
  • ލ. ހޮޅުރަހާ - 525،000
  • ގއ. މާރެހާ - 1،400،000
  • ގއ. ފުނަދޫވިލިގިއްލާ - 700،000
  • ގދ. ކަނޑަހަލަގަލަ - 875،000
  • ގދ. ކަޑެވާރެހާ - 700،000
  • ގދ. ދިގުރެހާ - 700،000
  • ގދ. ފެރޭތަވިލިގިއްލާ (ކްލަސްޓާ) - 700،000
  • ގދ. ދެކާނބާ - 700،000
  • ގދ. ކޮޑެރަޓާ - 700،000

ހުށަހަޅާގައިވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން، އެންމެ މަތިން ހުށަހަޅާފައިވާ ލީޒް އެކުއިޒިޝަން ކޮންޓްގެ ފަރަގު މިނިމަމް ލީޑް އެކުއިޒިޝަން ކޮސްޓްގެ 140% އަށްވުރެއް އިތުރުކަމަށް މިނިސްޓްރީން ބުންޏެވެ.

ރިސޯޓު ތަރައްގީ ކުރަން ބީލަން ހުށަހެޅި ރަށްތައް:

  • ހއ. ވެލިފިނޮޅު
  • މ. ސީދިހުރާ އާާއެކު ސީދިހުރާ ވެލިގަނޑު
  • ތ. ކާއްޑޫ
  • ތ. އޮޅުފުށި، އޮޅުފުށި ފިނޮޅާއެެކު
  • ލ. ބޮޑުމުންޏަފުށު
  • ގއ. ފުނަދޫވިލިގިއްޔާ
  • ގދ. ކަނޑަހަލަގަލާ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ބީލަން ހުށަހަޅާފައިވާ ކުންފުނިތަކުގެ ތެރޭގައި ގިނައީ ދިވެހި ކުންފުނިތައް ކަމަށެވެ. އަދި ބީލަން ހުށަނާޅާ ހުރި ރަށްތަކަށް ބީލަން ނުލިބުނު ސަބަބުތައް ބަލައި އިތުރަށް އެރަށްތައް ބީލަމަށް ހުޅުވާލާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.