ޔޫރޯ 2020 ގެ ގްރޫޕް އީގައި ޕޮލެންޑާއި ސްވިޑެން ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނައިރު، ސްވިޑެންއަށް އޮތީ ގަދަ 16 ޔަގީންވެފައި. އެޓީމުން މިރޭގެ މެޗުގައި ޕޮލެންޑް ބަލިކޮށްފިނަމަ ގްރޫޕުގެ އެއްވަނަ ޔަގީންވާނެ. ސްވިޑެން ބަލިވެގެންވެސް އެންމެ ދަށަށް ދާން އޮތީ ތިންވަނައަށް. މިހާރުވެސް ހަތަރު ޕޮއިންޓާއެކު އޮތުމުން އެންމެ ނަތީޖާ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ސްވިޑެން ހިމެނޭނެ. އަނެއްކޮޅުން ޕޮލެންޑަށް އޮތީ މޮޅެއް ހޯދުން. އޭރުން ގަދަ 16 ޔަގީންވާނެ.
ގްރޫޕްގެ އެތުރުން މެޗުތަކުގައި ޖަހާ ގޯލުގެ އަދަދުން ބަދަލުވާނެ، އެއީ ޕޮއިންޓް ހަމަހަމަވެ ފައިދާ ގޯލަށް ނަތީޖާ ބަރޯސާވުން ބޮޑުވާނެތީ. މި މެޗާ އެއްގަޑިއެއްގައި ސްޕެއިންއާއި ސްލޮވޭކިއާ ވާދަކުރާ ގްރޫޕް އީގެ މެޗުވެސް ކުރިއަށްދާނެ.
މިރޭގެ މެޗަށް ސްވިޑެންއާއި ޕޮލެންޑް ނުކުންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.
- ޕޮލެންޑް
- ޕޮލެންޑުން ފުރަތަމަ މެޗުގައި ސްލޮވޭކިއާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުން
- އެ މެޗުގައި ޕޮލެންޑްގެ ހަމައެކަނި ގޯލް ޖަހައިދިނީ ލިނެޓީ. މެޗުގައި ޕޮލެންޑްގެ ކްރިޗޯވިއެކްއަށް ވަނީ ރަތް ކާޑު ދައްކާފައި.
- ދެވަނަ މެޗުގައި ޕޮލެންޑުން ސްޕެއިންއާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުން. ޕޮލެންޑަށް ގޯލް ޖަހައިދިނީ ޓީމުގެ ކެޕްޓަން ލެވަންޑޯސްކީ.
- މިރޭގެ މެޗަށްވެސް ޕޮލެންޑަށް އެންމެ މުހިއްމުވާނީ ލެވަންޑޯސްކީ.
- ސްވިޑެން
- ސްވިޑެން ކުޅުނު ފުރަތަމަ މެޗުގައި 0-0 އިން ސްޕެއިންއާ އެއްވަރުކުރި.
- ދެވަނަ މެޗުގައި 1-0 ސްވިޑެންއިން ސްލޮވޭކިއާ ބަލިކުރި.
- އެ މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ ފޯސްބާގު.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020