މިސްކިތެއްގެ ތެރޭގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ 171 ނަމްބަރު ފްލެޓް ކައިރީ ހުންނަ ވަގުތީ މިސްކިތަށް މީހަކު ވަދެ، އަޑުގަދަކޮށް، އެތަނުގައި ތިބި މީހުންނަށް އުނދަގޫ ކޮށްފައިވާ ކަމަށެވެ. އަދި އެކަންތައް އެގޮތަށް ނުކުރުމަށް އެމީހާއަށް ނަސޭހަތްތެރިވި މީހަކާއާ ދެމެދު މާރާމާރީ ހިންގި މައްސަލައެއް މިރޭ 6:40 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި އެކަކަށް ކުދި އަނިޔާތައް ލިބިފައިވާ ކަމަށެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިސްކިތެއް ތެރޭގައި މާރާމާރި ހިންގާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ އެކަކު ހަޑިހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރެވެ. އަދި ފަހުން އެތަނުގައި ހުރި އެހެން މީހަކާ އޭނާއާ ދެމެދު މާރާމާރީ ހިންގާ މަންޒަރުވެސް ފެނިގެން ދެއެވެ. އަދި ފަހުންވެސް އެ މީހާ ވަރަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ހަދައެވެ.
ޚަބަރު
ޚަބަރު
ޚަބަރު