މާލޭ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 6:00 އިން އިން ފަތިހު 4:00 އަށް ކުޑަކޮށްފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ކޮވިޑްގެ ނަންބަރުތަކަށް ބަލައި ބައެއް ލުއިތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ހަވީރު 4:00 އިން ފަތިހު 4:00 އަށް އޮތް ކާފިއުގެ ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަށް ކުޑަކޮށްފައިވާ ކަމަށެވެ.
"ކާފިއުގެ ވަގުތު ކުޑަކުރުމުގެ ސަބަބުން ވިޔަފާރިތަކަށްވެސް އިތުރު ދެ ގަޑިއިރު ލިބިގެން އެބަދޭ ހުޅުވައިގެން ހިދުމަތް ދިނުމަށް،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ކާފިއުގެ ވަގުތު މަދު ކުރި ނަމަވެސް ހެނދުނު 8:00 އިން ކާފިއުގެ ވަގުތާ ހަމައަކަށް ބޭރުގައި އުޅެވޭނީ ހައުސްހޯލްޑް ޕާމިޓާއެކުގައި ކަމަށާއި މިހާރު ދޫކޮށްފައިވާ ޕާމިޓްތައްވެސް ބޭނުން ކުރެވޭނެ ކަމަށެވެ.
ކާފިއުގެ ވަގުތު ކުޑަކޮށްފައިވާއިރު މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން ގިނަ ދުވަސްތަކަކަށް ފަހު ކޭސްތައް ވަނީ 200 އިން ދަށަށް ގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު