ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖު މެޗުތައް ދަނީ ނިމެމުންނެވެ. ގްރޫޕުތަކުގެ ނަތީޖާއާއެކު ބައެއް ޓީމުތަކަށް ޔަގީން ޖާގައިގައި ގަދަ 16 ޔަގީންވަމުން އަންނަ އިރު، އަނެއްބައި ޓީމުތަކަށް ތިންވަނައިގައި އޮވެވެސް ޖާގަތައް ޔަގީންވަމުން ދެއެވެ. އެ ސުވާލުތައް ވަރަށް ގިނަ ބައެއްގެ ހިތުގައި މިހާރު ހުންނާނެތީ ޔޫއެފާގެ ރަސްމީ ލިޔެކިޔުންތަކަށް ބަލައި، ގްރޫޕްތަކުގެ ކޮލިފިކޭޝަން އޮޅުން ފިލުވާލަމާ ހިނގާށެވެ. މިއީ މައުލޫމާތުތަކެވެ. ރަސްމީކޮށް އެކަންކަން ކަނޑައަޅާނީ ޔޫއެފާއިން ނަންބަރުތަކުންނެވެ.
ގްރޫޕްގެ އެއްވަނަ ޔަގީންކޮށް ގަދަ 16 އަށް ގޮސްފައިވާ ޓީމުތައް:
އިޓަލީ، ބެލްޖިއަމް، ނެދަލޭންޑްސް
ގްރޫޕްގެ ރަނަރަޕް ޓީމުތަކުގައި ހިމެނި ގަދަ 16 އަށް ގޮސްފައިވާ ޓީމުތައް:
ވޭލްސް، ޑެންމާކު، އޮސްޓްރިއާ
އެންމެމޮޅު ތިންވަނަ ޓީމުތަކުން ގަދަ 16 ޔަގީންވެފައިވާ ޓީމުތައް: ސްވިޒަލޭންޑް
ގްރޫޕްގެ މަގާމު ޔަގީން ނުވެ އޮތް ނަމަވެސް ގަދަ 16 އިން ފުރުސަތު ނުގެއްލޭނެކަން ޔަގީންވެފައިވާ ޓީމުތައް: އިންގްލެންޑް، ޗެކު ރިޕަބްލިކް، ސްވިޑެން، ފްރާންސް
- ގްރޫޕް އޭ
- ގްރޫޕުގެ ކުޅުން ވަނީ ނިމިފައި
- އެއްވަނަ އިޓަލީއަށް، ވޭލްސްއަށް ލިބުނީ ދެވަނަ
- އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ޖާގައިން ސްވިޒަލޭންޑަށް ވަނީ ގަދަ 16 ޔަގީންވެފައި
- ގްރޫޕް ބީ
- ގްރޫޕުގެ ކުޅުން ވަނީ ނިމިފައި
- ބެލްޖިއަމަށް ލިބުނީ އެއްވަނަ، ދެވަނަ ލިބުނީ ޑެންމާކަށް
- ފިންލޭންޑް ތިންވަނައިގައި ނިންމާލާފައިވާ އިރު، އެޓީމަށް ޖެހޭނީ އެހެން ގްރޫޕްތަކުގެ ކުޅުން ނިމެންދެން މަޑުކުރަން
- ގްރޫޕް ސީ
- ގްރޫޕުގެ ކުޅުން ވަނީ ނިމިފައި
- ރޭގެ މެޗަށް ނުކުތްއިރުވެސް ނެދަލޭންޑްސް އޮތީ އެއްވަނަ ޔަގީން ކޮށްފައި
- ދެވަނަ ލިބުނީ އޮސްޓްރިއާއަށް
- ތިންވަނައިގައި ނިންމާލި ޔޫކްރެއިނަށް ޖެހެނީ ގަދަ 16 އަށް އެހެން ގްރޫޕްތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަން
- ގްރޫޕް ޑީ
- ގްރޫޕް ޑީގެ ފަހު ދެ މެޗު އޮންނާނީ މިރޭ.
- ޗެކު ރިޕަބްލިކަށް ވަނީ ގަދަ 16 ޔަގީންވެފައި. އިންގްލެންޑް ކައިރިން ބަލިނުވެއްޖެ ނަމަ ގްރޫޕް އެއްވަނަވެސް ލިބޭނެ. ސްކޮޓްލޭންޑުން ކްރޮއޭޝިއާ ބަލިކޮށްފި ނަމަ މިރޭގެ މެޗުން ޗެކު ބަލިވިޔަސް އެޓީމަށް ދެވަނަ ލިބޭނެ. ތިންވަނައަށް ޗެކު ވެއްޓޭނީ ކްރޮއޭޝިއާއިން ގިނަ ގޯލުތަކެއް ޖަހައިގެން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ. އެހެން ގްރޫޕުތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލައި ޗެކު ތިންވަނައަށް ދިޔަޔަސް ގަދަ 16 ލިބޭނެ.
- އިންގްލެންޑަށް ވަނީ ގަދަ 16 ޔަގީންވެފައި. ޗެކު ބަލިކޮށްފި ނަމަ ގްރޫޕުގެ އެއްވަނަ ޔަގީންވާނެ. ސްކޮޓްލޭންޑުން ކްރޮއޭޝިއާ ކައިރިން ގިނަ ގޯލުތަކެއް ޖަހައިގެން މޮޅުވިޔަސް އިންގްލެންޑް ވެއްޓޭނީ ތިންވަނައަށް. އެހެން ގްރޫޕުތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލައި އިންގްލެންޑް ތިންވަނައަށް ދިޔަޔަސް ގަދަ 16 ލިބޭނެ.
- ކްރޮއޭޝިއާއިން ސްކޮޓްލޭންޑް ބަލިކޮށްފިނަމަ ގަދަ 16 އަށް ދާނެ. ޗެކަށްވުރެ ފައިދާ ގޯލު ގިނަކޮށް ދެވަނައަށްވެސް ދެވޭނެ.
- ސްކޮޓްލޭންޑުން ކްރޮއޭޝިއާ ބަލިކޮށްފިނަމަ ގަދަ 16 އަށް ދާނެ. ފައިދާ ގޯލުގެ ތަފާތުން ދެވަނައަށްވެސް ޖެހިލެވިދާނެ.
- ގްރޫޕް އީ
- ސްވިޑެނަށް އޮތީ ގަދަ 16 ޔަގީންވެފައި. ޕޮލެންޑް ބަލިކޮށްފިނަމަ ގްރޫޕުގެ އެއްވަނަ ލިބޭނެ. ބަލިވިނަމަވެސް ސްވިިޑެން ތިންވަނައަށް ދާނެ. އެހެން ގްރޫޕުތަކުގެ ތިންވަނަ ޓީމުތަކުގެ ނަތީޖާއަށް ބަލައި ސްވިޑެނަށް ގަދަ 16 ޔަގީންވާނެ.
- ސްލޮވޭކިއާއަށް ގަދަ 16 އަށް ބޭނުންވަނީ ޕޮއިންޓެއް. މޮޅުވިޔަސް ގްރޫޕުގެ އެއްވަނަ ލިބޭނީ ސްވިޑެން ބަލިވެއްޖެ ނަމަ.
- ސްޕެއިނަށް މޮޅަކާއެކު ގަދަ 16 ޔަގީންވާނެ. އެއްވަރުވި ނަމަވެސް ޕޮލެންޑުން ސްވިޑެން ބަލިނުކޮށްފިނަމަ ސްޕެއިން ގަދަ 16 އަށް ދާނެ.
- މޮޅަކާއެކު ޕޮލެންޑަށް ގަދަ 16 ލިބޭނެ.
- ގްރޫޕްގެ ފައިނަލް ތަރުތީބަށް ފައިދާ ގޯލުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ.
- ގްރޫޕް އެފް
- ފްރާންސަށް ވަނީ ގަދަ 16 ޔަގީންވެފައި. މޮޅަކާއެކު ގްރޫޕުގެ އެއްވަނަ ލިބޭނެ. އެއްވަރުވިޔަސް، ޖަރުމަނުން ހަންގޭރީ ބަލިނުކޮށްފިނަމަ ފްރާންސަށް އެއްވަނަ ލިބޭނެ. ފްރާންސް ބަލިވެ، ހަންގޭރީން ޖަރުމަނު ބަލިކޮށްފިނަމަ، ދެވަނަ މަގާމު އެނގޭނީ ފައިދާ ގޯލަށް ބަލައިގެން.
- ބަލިނުވެއްޖެނަމަ ޖަރުމަނަށް ގަދަ 16 ޔަގީންވާނެ. ފްރާންސް މޮޅުނުވެ، ޖަރުމަނު މޮޅުވެއްޖެނަމަ ޖަރުމަނަށް ގްރޫޕް އެއްވަނަ ލިބޭނެ. ޖަރުމަނު އެއްވަރުވެ ފްރާންސް ބަލިވެއްޖެނަމަ ޖަރުމަނަށް ލިބޭނީ ތިންވަނަ.
- ޕޯޗުގަލް ބަލިނުވެއްޖެނަމަ ގަދަ 16 ޔަގީންވާނެ. މޮޅަކާއެކު ގްރޫޕުގެ އެއްވަނަ ލިބޭނެ، އެކަމަކު އެއީ ޖަރުމަނު މޮޅުނުވެއްޖެނަމަ. ޖަރުމަނާއި ޕޯޗުގަލް ބަލިވެއްޖެނަމަ ޕޯޗުގަލްއަށް ލިބޭނީ ހަތަރުވަނަ.
- މޮޅަކާއެކު ހަންގޭރީއަށް ގަދަ 16 ޔަގީން ކުރެވޭނެ. ހަންގޭރީ ބަލިވެ، ފްރާންސް ބަލިވެއްޖެނަމަ، ދެވަނަ ކަނޑައެޅޭނީ ފައިދާ ގޯލުގެ ތަފާތުން. ހަންގޭރީ މޮޅުވެ، ފްރާންސާއި ޕޯޗުގަލް އެއްވަރު ވެއްޖެނަމަ ހަންގޭރީއަށް ލިބޭނީ ތިންވަނަ. އެޓީމަށް އޭރުން ޖެހޭނީ އަނެއް ގްރޫޕްތަކުގެ ތިންވަނަ މަގާމުތަކުގެ ނަތީޖާއަށް ބަލަން.
ކޮންމެ ގްރޫޕެއްގެ މެޗުތައް ނިމުމާއެކުވެސް މި "ޕޮސިބިލިޓީ"ތަކަށް ބަދަލު އައުމުގެ ފުރުސަތު އޮންނާނެއެވެ. އެއީ ގްރޫޕްތަކުގެ ތިންވަނައަށް ދާ ޓީމުތަކުގެ ޕޮއިންޓާއި ފައިދާ ގޯލަށް ބަދަލު އަންނާނެތީއެވެ. އެހެންނަމަވެސް މިހާރު ޔަގީންވެފައިވާ ޓީމަކަށް އެ ފުރުސަތު ގެއްލޭނެ ހާލަތެއް ދެން ނާންނާނެއެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020