ޔޫރޯ 2020 ގެ ގްރޫޕް ބީގައި ބެލްޖިއަމްއާއި ފިންލޭންޑް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިރޭގެ މެޗަށް ނުކުންނައިރު ބެލްޖިއަމްއަށް އޮތީ ގަދަ 16 ޔަގީންވެފައި. އެހެންނަމަވެސް އެޓީމަށް އެއްވަނަ މުހިއްމު. ބެލްޖިއަމް މެޗު އެއްވަރުވި ނަމަވެސް ބެލްޖިއަމްއަށް އެއްވަނަ ލިބޭނެ. އަނެއްކޮޅުން މެޗަށް ނުކުންނަ ފިންލޭންޑަށް މޮޅަކާއެކު ގަދަ 16 އަށް ދެވޭނެ. އެއްވަރު ވެއްޖެނަމަ ޖެހޭނީ ރަޝިއާ ޑެންމާކު އަތުން ބަލިވޭތޯ ބަލަން. ގްރޫޕްގެ ތިން ޓީމު، ބެލްޖިއަމް، ރަޝިއާ، ފިންލޭންޑްވެސް ހަ ޕޮއިންޓްގައި ގްރޫޕް ނިންމާލައިފިނަމަ، އެޓީމުތައް ގްރޫޕުގައި ތަރުތީބުވާނީ ފައިދާ ގޯލަށް ބަލައިގެން. ތިން ޓީމުވެސް ގަދަ 16 އަށް ދާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންވާނެ. އެއީ އެންމެ މޮޅު ތިންވަނަ ޓީމުތަކުގައި ހަ ޕޮއިންޓް ލިބިފައިވާ އެހެން ޓީމެއް ހިމެނުމަކީ ނާދިރު ކަމަކަށް ވާތީ.

ގްރޫޕްގެ ޓީމުތައް ތާވަލުގައި އަތުރައިލުމުގެ ތަރުތީބަށް ފައިދާ ގޯލު ބޮޑު ރޯލެއް ކުޅޭނެ. އެހެންކަމުން މެޗުތަކުގައި ގޯލު ޖަހާ އަދަދަށް ބަލައި ގްރޫޕްގެ ތަރުތީބު ބަދަލުވުން ވަރަށް ބޮޑަށް އެކަށީގެންވޭ. ގްރޫޕް ބީގެ އަނެއް މެޗުގައި ޑެންމާކުން ނުކުންނާނީ ރަޝިއާއާ ދެކޮޅަށް. އެ މެޗުވެސް މިވަގުތު ކުޅެވިގެންދާނެ.

މިރޭގެ މެޗަށް ދެޓީމު ނުކުންނާނީ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްއަށް.

  • ދެޓީމުން މިހާތަނަށް ޔޫރޯގައި ކުޅުނު މެޗުތަކަށް ނަޒަރެއް
  • ބެލްޖިއަމް
  • ބެލްޖިއަމްއިން ކުޅުނު ފުރަތަމަ މެޗުގައި ރަޝިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުން
  • އެ މެޗުގައި ގޯލުތައް ޖަހައިދިނީ މުނިއޭއާއި ލުކާކޫ، މެޗުގައި ލުކާކޫ ވަނީ ދެ ގޯލު ޖަހާފައި
  • ދެވަނަ މެޗުގައި ބެލްޖިއަމުން ޑެންމާކު ބަލިކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން
  • މެޗުގައި ބެލްޖިއަމް ގޯލުތައް ޖަހައިދިނީ ތޯގަން ހަޒާޑާއި ޑިބްރޭނާ
  • ބެލްޖިއަމްއަކީ ދުނިޔޭ ރޭންކިންގެ އެއްވަނަ ޓީމު
  • ފިންލޭންޑް
  • ފިންލޭންޑް ފުރަތަމަ ކުޅުނު މެޗުގައި އެޓީމުން ޑެންމާކު ބަލިކުރީ 1-0 ގެ ނަތީޖާއަކުން
  • ޑެންމާކުގެ ތަރި އެރިކްސަންއަށް ފޯކަސް ހުއްޓުނު އެ މެޗުގައި ހަމައެކަނި ގޯލު ޖެހީ ޕޯޖަންޕޯލާ
  • ދެވަނަ މެޗުގައި ފިންލޭންޑުން ރަޝިއާ އަތް ދަށުވީ 1-0 ގެ ނަތީޖާއަކުން
  • ފިންލޭންޑްގެ ތަރިއަކަށް ވާނީ ޕުއްކި، މިރޭގެ މެޗުގައި އޭނާ މުހިއްމުވާނެ