ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހު ރޭ އަވަހާރަވެއްޖެ އެވެ.
އުމުރުފުޅުން 57 އަހަރުގެ އަހުމަދު މުހައްމަދު އަވަހާރަވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ދުބާއީގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ ޅ. ހިންނަވަރަށް އުފަން ބޭފުޅުންނެވެ.
އެމަނިކުފާނުގެ އާއިލާގައި ޖުމުލަ 12 ބޭފުޅުން ތިއްބަވައެވެ.
އޭގެ ތެރެއިން ރޭ ނިޔާވި އަހުމަދު މުހައްމަދު ސޯލިހަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަގަށް ތިއްބެވި 8 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އެ އަށް ބޭފުޅުންގެ ތެެރެއިން ހަތަރު ބޭޅުންނަކީ ލޯފަން ބޭފުޅުންނެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރޭގައި ތިން ހާފިޒުން ހިމެނިވަޑައިގަންނަވައެވެ.
ރޭ އަވަހަރާވި އަހުމަދު މުހައްމަދު ސޯލިހަކީވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާއަކީ ޅ.ހިންނަވަރު ބޮޑު މިސްކިތުގެ އިމާމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު