ގައުމީ، އެއާލައިން (މޯލްޑިވިއަން) އިން އަބަދުވެސް އަންނަނީ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތަށް އެ އެއާލައިންގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ރާއްޖޭގެ އެތައް މަންޒިލެއްގެ އިތުރުން ބޭރުގެ ބައެއް މަންޒިލް ތަކަށްވެސް މޯލްޑިވިއަންގެ ފްލައިޓުތަކުން ޝެޑިއުލް ދަތުރުތައް ބާއްވާއިރު، އެ އެއާލައިނުން އަންނަނީ ވާދަވެރި އަގެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެމުންނެވެ.
މޯލްޑިވިއަން ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން މޯލްޑިވިއަނުން ފަހުން ކުރި އެންމެ މުހިންމު އެއް ކަމަކީ، މޯބައިލް އެޕްލިކޭޝަނެެއް ތައާރަފު ކޮށް، އޮންލައިން ކޮށް ގިނަ ހިދުމަތްތަކެއް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމެވެ.
މޯލްޑިވިއަނުން މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށް، އާންމުންނަށް ދޫކޮށްލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ އެޕްލިކޭޝަންގެ މަގުބޫލުކަން އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. މޯލްޑިވިއަނުން ބުނި ގޮތުގައި އެ އެއާލައިންގެ މޯބައިލް އެޕްލިކޭޝަނަކީ ދަތުރަށް ބޭނުން ވާ ގިނަ މައުލޫމާތުތަކާއި ލިޔެކިޔުންތައް އެއްތަނަކުން ލިބޭނެ ޕްލެޓްފޯމެކެވެ.
އެގޮތުން ވަގުތުން ޓިކެޓް ގަތުމާއި ފައިސާ ދެއްކޭނެ އިންތިޒާމުވެސް އެ އެޕްލިކޭޝަނުން ލިބިގެންދާއިރު ޗެކިން ކޮށްލުމާއި ފްލައިޓް ޝެޑިއުލްވެސް ބަލައިލެވެއެވެ. މިކަމުގެ ސަބަބުން ދަތުރު ކުރާ މީހާގެ އެތައް ވަގުތެއް ސަލާމަތް ވެ، ފަސޭހަ، އަދި ރައްކާތެރި ގޮތެއްގައި ބޭނުންވާ ހިދުމަތް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ލިބިގެންދެ އެވެ.
މޯލްޑިވިއަންގެ މޯބައިލް އެޕްގެ އެންމެ ހާއްސަ ކަމަކީ ދަތުރުކުރާ މީހާގެ ދަތުރު ހިސްޓްރީވެސް ފެންނަން ހުރުމެވެ. އެގޮތުން އެޕްގައިވާ "މައި ޓްރިޕް"އިން އެމީހެއްގެ ދަތުރު ހިސްޓްރީގެ ފުރިހަމަ މައުލޫމާތު ލިބެ އެވެ. މީގެ އިތުރުން ދެވަނަ ފަހަރަށް ޓިކެޓް ގަންނައިރު އަލުން އެ މީހެއްގެ މައުލޫމާތު ލިޔަން ޖެހުމުގެ ބަދަލުގައި އެ މައުލޫމާތުވެސް ސޭވް ކުރާނެއެވެ. އެހެން ކަމުން ޓިކެޓެއް ގަންނަ ކޮންމެ ފަހަރަކު ދަތުރު ކުރާ މީގެ މައުލޫމާތު ލިޔާކަށް ނުޖެހޭނެ އެވެ.
މޯލްޑިވިއަންގެ މޯބައިލް އެޕް މެދުވެރިކޮށް ދަތުރުކުރަން ބޭނުންވާ ތާރީހުވެސް ބަދަލުކޮށްލެވޭނެ އެވެ. އަދި ދަތުރުކުރަން އޮންނަ ފްލައިޓް ލަސްވެއްޖެ ނަމަ އެކަންވެސް އެޕް މެދުވެރިކޮށް އެނގިގެންދާނެ އެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި އޮންލައިންކޮށް އެކުންފުނީގެ އެޕާއި ވެބްސައިޓް މެދުވެރިކޮށް ޒަމާނީ ފެންވަރަށް ހިދުމަތް ދެމުން އައުމަކީ ރައްޔިތުންގެ އިތުބާރު އެ އެއާލައިނަށް ލިބުމުގެ އެއް ސަބަބެކެވެ. މޯލްޑިވިއަންގެ މޯބައިލް އެޕް މެދުވެރިކޮށް މިހާރުވެސް ގިނަ ހިދުމަތްތަކެއް ލިބެމުން އަންނައިރު އެ އެއާލައިނުން މަސައްކަތް ކުރަމުން އަންނަނީ ރީފަންޑްގެ ހިދުމަތްވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. މޯލްޑިވިއަންގެ މޮބައިލް އެޕްލިކޭޝަން ގޫގްލް ޕްލޭ އަދި އެޕަލް އެޕް ސްޓޯއިންވެސް ޑައުންލޯޑް ކުރެވޭނެ އެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް