އެމްޓީސީސީގެ ތާރީހުގައި ވެސް ނުދޭ ފަދަ ބޮޑު އަދަދެއް ފައިދާގެ ގޮތުގައި އެކުންފުނީގެ ހިއްސާދާރުންނަށް ބަހަން މިއަދު ނިންމައިފި އެވެ.
އެގޮތަށް ނިންމާފައި ވަނީ، ވާޗުއަލްކޮށް މިއަދު ބޭއްވި 2020 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައެވެ.
އެޖަލްސާގައި އެމްޓީސީގެ ހިއްދާރުންނަށް މޫނުމަތީއަގު ފަސްރުފިޔާގެ ކޮންމެ ހިއްސާއަށް ތިން ރުފިޔާ ބަހަން ވަނީ ނިންމައިފައެވެ.
އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ޖަލްސާގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 86 ޕަސެންޓު ވޯޓުންނެވެ.
ކޮވިޑްގެ މި ހާލަތުގައިވެސް އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގަައި ލިބުނު އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
އެގޮތުން އާމްދަނީގެ ގޮތުގައި 1.38 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ހުސްވި އަހަރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 191 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީއަހަރަށްވުރެން 258 ޕަސެންޓު ފައިދާ އިތުރު އަދަދެކެވެ.
އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 53 މިލިއަން ރުފިޔާ އެވެ.
މިއަދު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ވަނީ ހޮވައިފަ އެވެ.
މި ޖަލްސާގައި ސަރުކާރުން ނާއި އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑުގައި ތަމްސީލް ކުރައްވާ ބޭފުޅުންގެ ނަންތައް އިއުލާން ކުރިއެވެ.
ސަރުކާރުގެ ފަރާތުން ތަމްސީލް ކުރައްވާ ޑިރެކްޓަރުންނަކީ، މުހައްމަދު ފަހީމް (ޗެއާޕާސަ ން، ނޮން- އެގްޒެކެޓިވް ޑިރެކްޓާ) އާދަމް އާޒިމް (ޗީފް އެގްޒެކެޓިވް އޮފިސަރ، އެގްޒެކެޓިވް ޑިރެކްޓަރ) ޝާހިދު ހުސައިން މޫސާ (ޗީފް އޮޕްރޭޓިންގ އޮފިސަރ، އެގްޒެކެޓިވް ޑިރެކްޓަރ) ސިނާން އަލީ (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ) މުހައްމަދު ފަރީދު /(ނޮން -އެގްޒެކެޓިވް ޑިރެކްޓަރ) އެވެ.
ހިއްސާދާރުން ތަމްސީލް ކުރައްވާ ޑިރެކްޓަރުންގެ ގޮތުގަިއ ހިމެނިވަޑައިގަންނަވަނީ، މުހައްމަދު އިމްރާން އަދުނާން، (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ) ނަސްރަތު މުހައްމަދު (ނޮން-އެގްޒެކެޓިވް ޑިރެކްޓަރ) އެވެ.
ޚަބަރު
ޚަބަރު