އޯވަޑޯޒްވި ގައިދީއަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު މިއަދު "ވަން" އަށް ވިދާޅުވީ މާފުށީ ޖަލުގައި ހުރި ގައިދީއަކު އޯވަޑޯޒްވެގެން މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާ އޯވަޑޯޒްވެގެން މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އަދިވެސް އޭނާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގައި ކަމަށް ޔުސްރީން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޯވަޑޯޒްވި ސަބަބު ދެނެގަތުމަށް ޓެސްޓްތައް ހަދަމުންދާ ކަމަށާއި އޭނާ އޯވަޑޯޒްވީ ބޭހެއް ކައިގެން ކަމެއް އަދި ސާފު ނުވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.