ޔޫރޯ 2020ގެ މެޗްތައް މޯބައިލް ފޯނުން ސްޓްރީމް ކޮށްލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކޮށްލައިގެން 50 ޕަސެންޓް އިތުރު ޑޭޓާ ލިބޭގޮތް ހަދައިފިއެވެ.

ދިރާގުން މިއަދު ބުނީ މި ފުރުސަތަކީ، ޕޯޗުގަލް އާއި ޖަރުމަނު މިރޭ ވާދަކުރާ މެޗް ބަލާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

ޖޫން މަހުގެ ނިޔަލަށް މި އޮފާ ކުރިއަށް ދާނެ ކަމށްވެސް ބުނެފައިވއެވެ.

ދިރާގުން ބުނޫީ، ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ޔޫރޯގެ މެޗްތައް މޯބައިލް ފޯނުން ސްޓްރީމް ކޮށްގެން ބަލާލުމަށް ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކުރުމަށްފަހު "ސްޓްރީމިން ޕާކް" ހިޔާރުކުރުމުން އެއް ޖީބީ ހިލޭ ޑޭޓާ ސްޓްރީމް ކޮށްލަން ލިބޭނެ ކަމަށެވެ.

ދިރާގު ޕްލޭގެ މަހު ފީއަކީ ޖީއެސްޓީ އާއި ނުލައި މަހަކު 65 ރުފިޔާއެެވެ.

ޕްރީޕެއިޑް ކޮމްބޯ ޕްލޭންތަކާއެކު ކަސްޓަމަރުންނަށް ވޮއިސް، އެސްއެމްއެސް އަދި ޑޭޓާ، ހަމަ އެންމެ ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ ކަމަށާއި، ހިލޭ އިތުރު "ޕާކްސް" ވެސް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ހިލޭ ލިބިދޭ ޕާކްސްގެ ސަބަބުން ކަސްޓަމަރުންނަށް ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިން ހިދުމަތްތައް ބޭނުންކުރަން ވަކިވަކި އެޑް-އޮންސް ގަންނާކަށް ނުޖެހޭނެ ކަމަށްވެސް ބުނެފައިވއެވެ.

އެކަމުގެ ސަބަބުން އެންމެ އެކްޓިވޭޝަނަކުން ގިނަ ކަންތައްތަކެއް ކޮށްލެވޭނެ އެވެ.

"ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް 250 ރުފިޔާ އިން ފެށިގެން އެކްޓިވޭޓް ކުރެވޭނެއެވެ. ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކޮށްލުމަށް ދިރާގު މޯބައިލް އެޕުން ނުވަތަ ކޮމްބޯ ޕްލޭންގެ ކީވޯޑް ޖެހުމަށްފަހު 343 އަށް އެސްއެމްއެސް ފޮނުވުމުން ވެސް އެކްޓިވޭޓް ވާނެއެވެ.،"