ދައުލަތުގެ އޮފީސްތަކުން ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ވަނީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބޭސްލައިން ބަޖެޓު ތައްޔާރުކޮށް އަންނަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހޭ ކަމަށެވެ.
ބަޖެޓް ތައްޔާރުކުރަން ޖެހެނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ބަޖެޓު ސީލިންއަށް ވުރެ ބޮޑު ނުވާނެ ގޮތަށެވެ.
ސާކިއުލާގައި ވަނީ، އަންނަ އަހަރުން ފެށިގެން ތައްޔާރުކުރުމަށް ހަމަޖައްސާފައިވަނީ ޕްރޮގްރާމްތަކަށް ބަހާފައިވާ ބަޖެޓެއް ކަމަށާއި ޕްރޮގްރާމްތަކުގެ އޮނިގަނޑު އޮފީސްތަކާ މަޝްވަރާކޮށް މިހާރު ތައްޔާރުކުރަމުން އަންނަ ކަމަށެވެ.
ކުރިއަށް އޮތް ތިން އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރުކުރާއިރު، ބޭސްލައިން ބަޖެޓު ހުށަހަޅަން ޖެހޭނީ އެސްއޭޕީ، ބީޕީސީ މޮޑިއުލް މެދިވެރިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު