ޔޫރޯ 2020 ގެ ޑީގައި ކްރޮއޭޝިއާއާއި ޗެކު ރިޕަބްލިކް ކުޅޭ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

ގްރޫޕް ޑީގައި ކްރޮއޭޝިއާއިން ފުރަތަމަ ވާދަކުރީ ވަރުގަދަ އިންގްލެންޑާ ދެކޮޅަށް. އެ މެޗުން ކްރޮއޭޝިއާ ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުން. އަނެއްކޮޅުން ޗެކު ރިޕަބްލިކް ވަނީ ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުން. މިރޭގެ މެޗަށް ނުކުތް އިރު، ޗެކު ރިޕަބްލިކަށް އޮތީ މޮޅުވެ ގަދަ 16 ޔަގީން ކުރުން. ކްރޮއޭޝިއާއަށް ގްރޫޕްގެ ގަދަ ދެ ޓީމު ތެރޭގައި ހިމެނުމަށް ތިން ޕޮއިންޓް ވަރަށް މުހިއްމު ވާނެ.

މެޗު ކުޅެވޭނީ ސްކޮޓްލޭންޑްގެ ގްލަސްގޯގެ ހެމްޕްޑެން ޕާކުގައި. މިހާތަނަށް ވާދަވެރި މެޗުތަކުގައި ކްރޮއޭޝިއާ އާއި ޗެކު ރިޕަބްލިކް ކުޅެފައި ވަނީ ތިން މެޗު. އޭގެ ތެރެއިން ދެ މެޗު ހަމަހަމަ ނަތީޖާއަކާއެކު ނިމިފައިވާ އިރު، އަނެއް މެޗުން މޮޅުވީ ކްރޮއޭޝިއާ.

  • ކްރޮއޭޝިއާ - ލޫކާ މޮޑްރިޗް
  • ރެއާލް މެޑްރިޑްގެ ތަރި މޮޑްރިޗް ވަނީ 2018 ވަނަ އަހަރު ބްލޮންޑިއޯ ކާމިޔާބު ކޮށްފައި
  • ގައުމީ ޓީމުގެ ކެޕްޓަން
  • ގައުމީ ޓީމަށް 137 މެޗު ކުޅެފައިވޭ
  • 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޯޅަ ހޯދި
  • ދުނިޔޭގައި ގުނޭލެވޭ ހުނަރުވެރި މިޑްފީލްޑަރެއް
  • ޗެކު ރިޕަބްލިކް - ޕެޓްރިކް ޝިކް
  • ސްކޮޓްލޭންޑް ކޮޅަށް ދެ ގޯލު ޖެހި، ފަހު ގޯލަކީ މިހާތަނަށް މުބާރާތުގައި ފެނުނު އެންމެ ހިތްގައިމު އެއް ގޯލު
  • 25 އަހަރުގެ ތަރިއަކީ ގައުމީ ޓީމުގެ ރެކޯޑު ރަނގަޅު ފޯވަޑެއް
  • ގައުމީ ޓީމަށް ކުޅުނު 27 މެޗުން 13 ގޯލު ޖަހާފައިވޭ
  • މިދިޔަ ސީޒަނުގައި ބަޔާން ލެވަކޫސަންއަށް 29 މެޗުން ނުވަ ގޯލު ޖެހި