ޔޫރޯ 2020ގެ ގްރޫޕް އީގައި ސްވިޑެންއާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ސްލޮވޭކިއާ ވަނީ ޕޮލެންޑް ބަލިކޮށްފައި. މިވަގުތު އެޓީމު އޮތީ ގްރޫޕް އީގެ އެއްވަނައިގައި. ސްވިޑެންވެސް ވަނީ ފުރަތަމަ މެޗުގައި ރަނގަޅު ނަތީޖާއެއް ހޯދާފައި. ސްވިޑެންއިން ސްޕެއިންގެ ހޯމްގައި އެޓީމު ހިފެހެއްޓީ 0-0 ގެ ނަތީޖާއެއްގައި. މިރޭގެ މެޗުން މޮޅުވެ ސްލޮވޭކިއާއަށް ގަދަ 16 ޔަގީން ކުރެވޭނެ. ސްލަވާކިއާ 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯގައި ކުޅެ ގަދަ 16 އަށް ދިޔަ. ސްވިޑެންއިން 2000 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުޅުނު ހުރިހާ ޔޫރޯއެއްގައި ކުޅެފައިވޭ. އެންމެފަހުން ގަދަ 16 އަށް ދިޔައީ 2004 ވަނަ އަހަރު.
ދެޓީމު މިއަދުގެ މެޗަށް ނުކުންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.
- މާކަސް ބާގު
- ޒްލަޓާން ނެތްތަން ފޫބައްދަން ހުރި ތަޖުރިބާކާރު ފޯވަޑް
- އެންމެފަހުން ސްވިޑެންއިން ޖެހި ހަތަރު ގޯލުގައިވެސް ހިއްސާ އޮތް
- ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ބާގު ޖެހި އިރު، އޭނާ ވަނީ ދެ އެސިސްޓްވެސް ހަދާފައި
- ގައުމީ ޓީމަށް 87 މެޗު ކުޅެ، 24 ގޯލު ޖަހާފައިވޭ
- މިލާން ސްކިރީނިއާ
- އިންޓަ މިލާންއާއެކު މިދިޔަ ސީޒަންގެ ލީގު ނެގި
- ސްލޮވޭކިއާއަށް 41 މެޗު ކުޅެފައިވޭ
- އެންމެފަހުން ސްލޮވޭކިއާއަށް ކުޅުނު ހަތަރު މެޗުން ތިން ގޯލު ޖަހާފައިވޭ
- ސްލޮވޭކިއާ ޑިފެންސް ލީޑު ކުރާނީ ސްކިރިނިއާ
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020