އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑްރައިވިން ލައިސަންސް އާކޮށްދޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފިއެވެ.
ކޮވިޑް 19ގެ ހާލަތު ގޯސްވުމުގެ ސަބަބުން އަލަށް ލައިސަންސް ދޫކުރުމާއި ލައިސަންސް އާ ކޮށްދިނުމުގެ ހިދުމަތް އޮތީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެ އޮތޯރިޓީން މީގެ ކުރިން ދެމުން އައި ބައެއް ހިދުމަތްތައް އަލުން ދޭން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ލައިސަންސް އައުކޮށްދިނުމުގެ ހިދުމަތާއި ދެފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ހިދުމަތުގެ އިތުރުން ބައެއް މެރިޓައިމް ހިދުމަތްތައް ހިމެނޭ ކަމަށް ބުންޏެވެ.
އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިސަންސް އާކޮށްދިނުމުގެ ހިދުމަތް އަލުން ދޭން ފަށާއިރު ޓްރާންސްޕޯޓު އޮތޯރިޓީން ދެމުން އަންނަ ހިދުމަތްތަކުގެ ތެރެއިން، ނިމިފައި ހުންނަ ލައިސަންސް ކާޑާއި ރަޖިސްޓްރީ ނެގުމަށް ޕިކް ޕޯސްޓް ސްޓޭޝަނެއް ގާއިމުކޮށް ހަފުތާގެ ހުރިހައި ދުވަހަކުވެސް ހިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު