ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް ބޭންކިންގެ އެޕަށް ބޮޑެތި ބަދަލުތަކެއް ގެނެސް އާ ހިދުމަތްތަކަކާއެކު އާ އެޕް ތައާރަފްކުރަން އެ ބޭންކުން ތައްޔާރުވެއްޖެ އެވެ.
ބީއެމްއެލް އިން ބުނީ މި އެޕް ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި އާންމުންނާ ހަމަޔަށް އަންނާނެ ކަމަށެވެ. މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކޮށް އެންމެ ޒަމާނީ ޓެކްނޮލަޖީއާއެކު ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރާ މުހިންމު މަސައްކަތެއް ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލުތަކާއެކު މިހާރަށްވުރެ ފަސޭހަކަމާއެކު ބޭންކިންގެ ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންވާ ފަދަ މުހިންމު ބަދަލުތަކެއް އެޕުން ފެނިގެންދާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ.
ބެންކުގެ އެންމެ ބޮޑު އަމާޒަކީ ހިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެތާކު ހުރެގެންވެސް ބޭންކިންގެ ހިދުމަތް ހޯދެނޭގޮތް މަގުފަހިކޮށްދިނުން ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފަ އެވެ.
ބީއެމްއެލް އިން މޮބައިލް ބޭންކިން ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު